މިލައުތުރު

”ބިރަކާނުލާ މަޖާކުރުން“ މިސާލު ރައީސް ނެންގެވީ މުނާސަބު ޙަފުލާއެއްގައެއް ނޫން – ޒުވާނުން

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓި ވެންޓިލޭޓަރުގައި ފުރާނައާ ހަނގުރާމަ ކުރަމުންދާ ޒުވާނާގެ މައްސަލައިގާ ޒިންމާ ނަގަންޖެހޭނީ މީގެ ކުރިން ”ބިރަކާނުލާ މަޖާކުރުން“ ޕްރޮމޯޓް ކުރި ބަޔަކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅެއް ކަމަށް ޒުވާނުން ބުނެފިއެވެ.

ރައީސް އެހެން ވިދާޅުވީ އެ މައްސަލަ ތަޙުޤީޤު ކުރާން ތިބި ދިވެހި ފުލުހުންނާ މުޚާތަބު ކޮށް ވާހަކަފުޅު ދައްކަވަމުންނެވެ. ފުލުހުންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އެ މޭރުމުން ވާހަކަފުޅު ދެއްކެވުމަކީ ވަރަށް ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެފަދަ މުނާސަބަތެއްގައި ދައުލަތުގެ ޤާނޫނު ތަންފީޒުކުރަން މަތިކޮށްފައިތިބި ދިވެހި ފުލުހުންނަށް އެމީހުންގެ އެންމެ މަތީ ކޮމާންޑަރުގެ ފަރާތްޕުޅުން އެފަދަ ނަޞޭޙަތެއް ނުވަތަ އިރުޝާދެއް ނުވަތަ ޚިޔާލުފުޅެއް ދެއްވުމަކީ ވަރަށް ވެސް ހިތާމަހުރި ކަމެކެވެ.

ރައީސްގެ އިންޒާރަކަށް މަލާމާތަކަށް ބެލުމެއް ނެތި، ޒުވާނުން ބުނަމުން ގެންދަނީ ވެއްޓުނު އަންހެން ކުއްޖާގެ ޙައްޤުގައި ކުރަމުން ގެންދާ މުޒާހަރާ ހުއްޓާލާނީ އޭނާއަށް އިންސާފު ލިބުމުން ކަމަށެވެ. އެހެން ނޫނީ އެމީހުންގެ މަސައްކަތެއް ނުހުއްޓާނެ ކަމަށާއި، ބިރުދައްކާ ބާރުގެ ބޭނުންކޮށްގެން ނުވެސް ހުއްޓުވޭނެ ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟