އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް, އޮނަރަރީ ޑޮކްޓަރޭޓްކަން ނޭރުވުމަށް ބައެއް ދިވެހި އިސްދަރިވަރުން ގޮވާލައިފިއެވެ.
ރައީސް ޑރ. މުއިއްޒު މާދަމާ މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން, އައިއައިޔޫއެމްއަށް ޒިޔާރަތްކުރައްވައި އެ ޔުނިވަސިޓީގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. އަދި އެ ޔުނިވާސިޓީން އަރުވާ އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ލަޤަބު ރައީސަށް އަރުވަން ޔުނިވާސިޓީގައި ވަނީ މަޝްވަރާ ކުރެވިފައެވެ.
ރައީސްގެ ފަރާތްޕުޅުން އެފަދަ އިޚުލާޞްތެރިކަމެއް ނުފެންނާތީ އާއި، ޤައުމުގެ މަސްލަޙަތަށް ވުރެ އާއިލީ މަސްލަޙަތު އިސްކުރައްވާތީ، އެފަދަ މަތިވެރި ޝަރަފަކާ ލަޤަބެއް ޙައްޤުނުވާ ކަމަށް ބައެއް ދަރިވަރުން ޤަބޫލުކުރެއެވެ.