މިލައުތުރު

އޭއެފްޕީޕީޑީގެ ހިންގާ ކޮމިޓީއަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް އިންތިޚާބު ވެއްޖެ.

އޭޝިއަން ފޯރަމް އޮފް ޕާލަމެންޓޭރިއަންސް އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ހުރާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑރ. އަނާރާ ނައީމް އިންތިޚާބު ވެއްޖެއެވެ.

ޑރ. އަނާރާ އޭއެފްޕީޕީޑީގެ ހިންގާ ކޮމިޓީގެ މެންބަރު ކަމަށް އިންތިޚާބުކުރީ އެ ޖަމާއަތުގެ 15 ވަނަ ޖެނެރަލް އެސެމްބުލީގައެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލިސްގެ ރަސްމީ ފޭސްބުކް ޕޭޖްގައި އެކަމަނާއަށް ވަނީ ތަހުނިޔާއާ މަރުޙަބާ ދަންނަވާފައެވެ.

އަނާރާ އަކީ ޢިލްމީ ގޮތުންނާ ތަޖުރިބާގެ ގޮތުން ރާއްޖޭގައި ފާހަަގަކޮށްލެވޭ މަޖިލިސް މެންބަރެކެވެ.