ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ވަޑައިގަތުމުން ބޮޑުވަޒީރު އަންވަރު އިބްރާހީމް އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކުރައްވާ ހުރިހާ ކަމެއް ވަގުތުން ވަގުތަށް އަދާހަމަކުރައްވައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދެންނެވުމަށް ބޭއްވެވި ރަސްމީ ޙަފުލާތަކުގެ ޕޮޓޯތައް ވެސް ވަގުތުން ޙިއްސާކުރައްވާފައި ވެއެވެ.
އެންމެ ފަހުން ޙިއްސާކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ރައީސުލްޖޫމްހޫރިއްޔާ އާއި ދެބޭފުޅުންގެ ރަސްމީ ޙަފުލާތައް ނިންމާލެއްވުމުގެ ކުރިން ދެ ބޭފުޅުން އެކުގައި މެންދުރުގެ ފަރިއްކޮޅަކަށް އިންސާފުކުރެއްވި ކަމަށާއި، ވަރަށް އުފެއްދުންތެރި ވަގުތުކޮޅެއް، ދެ ބޭފުޅުން އެކުގައި މަޝްވަރާކޮށްލެއްވުމަށް ލިބިވަޑައިގަތް ކަމަށްޓަކައި ވަރަށް އުފާފުޅު ވެއްޖެ ކަމަށެވެ.