އެމެރިކާއިން ޗައިނާގެ މުދަލަށް ކަނޑައަޅާފައިވާ ޓެރިފާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ޗައިނާގެ ރައީސް ގުޅުއްވި ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު ވިދާޅުވި ވާހަކަ އަކީ ދޮގެއް ކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާގެ ރައީސް ވިދާޅުވީ ޓެރިފާ ގުޅޭ ގޮތުން ކުރާނެ އިތުރު މަޝްވަރާއެއް ނެތްކަމަށާއި، އެމެރިކާގެ ޓެރިފުގެ ސަބަބުން ޗައިނާއަށް ލިބިދާނެ ގެއްލުމަކަށް ވާންޖެހޭ ތައްޔާރީތައްވެ ނިމިފައިވާ ކަމަށެވެ. އެހެންކަމުން އެމެރިކާގެ ރައީސް މީޑިޔާއަށް އިތުރުފުޅު ހެއްދެވިކަން ފަޅާއަރައިފިއެވެ.
އަދި މިކަމާ ގުޅިގެން ވައިޓްހައުސަކުން ވެސް އިތުރު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.