އަޟްހާ ޢީދު ދުވަހު އުޝްހިޔާ ކަތިލުމުގެ ގޮތުން އައްޑު ސިޓީ އަށް 30 ބަކަރި ހޯދަން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
އެ ކައުންސިލުން ބުނީ މި ބަކަރިތައް ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާބް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށެވެ.
ރަޖިސްޓްރީ ވާނީ ބަކަރި ފޯރުކޮށް ދޭން ބީލަން ހުށަހަޅާ ކުންފުނި/ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް އަށް [email protected] ފޮނުވައިގެންނެވެ.
ސިޓީ ކައުންސިލުން ބުނީ ބީލަންތައް ބަލައިގަނެ، ހުޅުވުން އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ހިތަދޫގައި ހުންނަ ކައުންސިލް އިދާރާގައި ކަމަށެވެ.