ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި ބެހުމަށް ސަރުކާރުން ރަށު ކައުންސިލްތަކަށް ދޫކުރި މަސްދަޅު ކޭސްތަކުން ބާކީވެފައި ވަރަށް ގިނަ ރަށް ރަށުގައި އެބަހުރި ކަމަށާއި، އެތަކެތި ކައުންސިލްތަކުގެ ބެލެހެއްޓުމުގެ ދަށުގައި ބެހެއްޓުމަށް އަންގާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
ގިނަ އަދަދެއްގެ މަސްދަޅުކޭސްތަކެއް ބާކީވެފައި ހުރުމާ ގުޅިގެން ފޯކައިދޫގެ ބައެއް ރައްޔިތުންގެ ޝަކުވާތައް ސޯޝަލް މީޑިޔާގައި ޙިއްސާކުރަމުން ގެންދާތީ، އިތުރު މަޢުލޫމާތު ސާފުކުރުމަށް ކަމާބެހޭ ވުޒާރާއަށް ގުޅާލުމުން ވިދާޅުވީ، ބާކީވެފައި ހުރީ ހަމަ އެކަނި ފޯކައިދޫގައި ނޫން ކަމަށާއި، އެތައް ރަށެއްގައި ބާކީ އެބަހުރިކަމަށާއި، އެތަކެއްޗަށް ހަދާނެ ގޮތެއް ވުޒާރާއިން ކަނޑައަޅުއްވަން ދެން ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ބަހައްޓަވައިދެއްވުމަށް ދަންނަވާފައިވާ ކަމަށާއި، ވަކިގޮތެއް ނިމުމާއެކު ކައުންސިލްތަކަށް އެކަން އަންގަވާނެ ކަމަށެވެ.
އަދި މަސްލަޙަތު ގެއްލޭ ގޮތް ގޮތަށް ވާހަކަތައް ނުފެތުރުއްވުމަށް އެދޭކަމަށާއި، އެއްވެސް ރަށަކުން އެތަކެއްޗަށް އިހުމާލެއް ވެގެން ޝަކުވާއެއް ވެސް އަދި ލިބިފައިނެތް ކަމަށާއި، މާ ލަސްތަކެއްނުވެ އެތަކެއްޗާ މެދު އަމަލުކުރާނެ ގޮތެއް ވެސް ނިންމެވުމަށް ފަހު އަންގަވާނެ ކަމަށް އެ ވުޒާރާގެ އިސް އޮފިޝަލަކު ޔަޤީންކޮށްދެއްވި އެވެ.
One Reply to “ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރި މަސްދަޅުގެ ބާކީ ކައުންސިލްތަކުގެ ބެލެހެއްޓުމުގައި ރައްކާކުރުމަށް ވާނީ އަންގާފައި – މިނިސްޓްރީ”
Moosa
Thee hadhaigen dhekki vaahaka eh
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި