މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ އެއް ތަން ކަމަށްވާ މާފަންނު ގަޑިބުރު ހިމެނޭ ސަރަޙައްދު ސިޓީ ކައުންސިލުން މަރާމާތުކޮށްފިއެވެ.
މިހާރު އެ ސަރަޙައްދު ފެންނަނީ ވަރަށް ރީތިކޮށް ލެވެލްކޮށްފައި އަލުން ގާ ޖަހާފައި އޮތްތަނެވެ. މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ ސިޓީ ކައުންސިލްގައި އެފަދަ މަސައްކަތްތައް ކުރާނެ ރަނގަޅު ޓީމެއް އުފައްދަވާފައި އޮތް ކަމަށާއި، މަގުތައް މަރާމާތުކުރުމާ ކާނުތައް ސާފުކުރުމުގެ މަސައްކަތް ވަރަށް ހަލުވިކޮށް މިހާރު ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އާދަމް އާޒިމް ވިދާޅުވިފަދައިން މާލޭގެ ކޮންމެވެސް ސަރަޙައްދަކުން އަބަދުވެސް ސިޓީ ކައުންސިލްގެ މުވައްޒަފުން މަސައްކަތުގައި އުޅޭތަން މިހާރު ފެނެއެވެ. މިއީ ކުރިން ނުފެންނަ މަންޒަރެއްކަން ވެސް މީހުންނަށް ފާހަގަކުރެވެއެވެ.