ސިޔާސީ ވާދަވެރިކަން ބޮޑު ރަށެއްގެ ގޮތުގައި ނަންކިޔާ ށ. އަތޮޅު ފޯކައިދޫގައި މިހާރު ވެސް ޕީއެންސީ އެކްޓިވިސްޓުން ހިންގާ އިދިކޮޅު ހަރަކާތްތައް ގިނައެވެ. ރިޔާސީ އިންތިޚާބެއް ކާމިޔާބުވެ، ސަރުކާރެއް ލިބުމަކުން އެމީހުންނަށް ހިންދެމިލާނެ އަވައްޖެއްވާ ތަނެއް އަދި ނުފެނެއެވެ.
ސިޔާސީ ހަރަކާތް ހިންގުމުގެ ނަމުގައި އެއް ފިތުނައިގެ ހުޅުގަނޑު ނިވޭއިރަށް، އަނެއް ފިތުނަ ރޯކޮށްލުމަކީ އެމީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަކަށް ވަނީ ވެފައެވެ. ސިޔާސީ ގޮތުން އެންމެ ބާރުވެރި ފަރާތަކީ ކޮބައިކަން ރައްޔިތުންނަށް ކޮންމެ ދުވަހަކު ތިން އިރު ބުނެދޭން ޖެހޭ ކަހަލައެވެ. ބިރުދެއްކުމާ އިންޒާރުތައް ދީގެން ސިޔާސީ ފައިދާ ހޯދުމަށް ކުރާ ގިނަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެއެވެ. މިއީ ސަރުކާރު ހިންގާ ޕާޓީގެ އިރުޝާދާ ލަފާގެ މަތިން ހިންގާ ހަރަކާތްތަކެއް ކަމަކަށް ވެސް ނުބެލެވެއެވެ.
ސަރުކާރުގެ ރޯދަ ހަދިޔާއަށް ފޯކައިދޫއަށް ގެންދިޔަ މަސްދަޅުތަކުން ބާކީ ހުރި މަސްދަޅުތަކެއްގެ ވާހަކަ ވެސް ބޮޑު ފިތުނައަކަށް ހަދައިގެން ދެއްކުމުގެ ހުތުރު ނަން ވެސް އަމާޒުވީ އެކަމާބެހޭ ދައުލަތުގެ ވުޒާރާއަށެވެ. އެ ވުޒާރާއަށް އެކަމާބެހޭ ގޮތުން ޢަމަލުކުރާނެ ވަކި ގޮތެއް ކަނޑައެޅުމުގައި ލަސްތަކެއްވެފައި އޮތްކަން ހާމަވެގެންދިއުމެވެ. މި ވާހަކަތައް ނުނިމެެނީސް އަނެއްކާ ފިތުނަވެރި އެހެން ވާހަކައެއް ވަނީ ފަތުރަން ފަށާފައެވެ. ޣައްޒާއަށް އެހީވުމަށްޓަކައި ހިންގި ހަރަކާތްތަކުން ލިބުނު ފައިސާއަށް ކައުންސިލުން ޚިޔާނާތްތެރިވާ ކަމަށް ތުހުމަތުކޮށް ފަތުރާ ވާހަކަތަކެވެ. އަދި އެންމެ ދެރަކަަމަކީ މި ހުރިހާ ހަޑިނަމާ ބަދުނާމެއް އަމާޒުވަނީ އެކަމުގައި އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރި މުވައްޒަފުންނަށެވެ.
އަދި ހުރިހާ ފިތުނައެއްގެ ވެސް އެންމެ އަޑީގައި ތިބެނީ ސްކޫލްގައި އެންމެ އިސް ދައުރެއް އަދާކުރާން ތިބޭ އަދި ނަމޫނާ ދައްކާން ތިބޭ ބައެއް އެދުރުންނެވެ. ސްކޫލުގައި ކުރަންޖެހޭ ކަންކަމަށް ވުރެ ސިޔާސީ ކަންކަން މުހިންމުވެ، މުޅި ދުވަސް ހޭދަކުރުމުގެ ސަބަބުން ބެލެނިވެރިންގެ ކަންބޮޑުވުންތައް ދަނީ އިންތިހާއަށް އިތުރު ވަމުންނެވެ. އަދި މިކަމާ ދެކޮޅަށް ބަހެއް ބުނާ މުވައްޒަފަކަށް ވަޒީފާގެ ބިރާ ކުރިމަތިލާންޖެހޭ ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.
ބައެއް ބެލެނިވެރިން ބުނާގޮތުގައި އެންމެ މޮޅު ނަން މަޝްހޫރު ބައެއް ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ކުރާ މަންފާއެއް ނެތުމީ ހިތާމަކުރާ ކަމެއް ކަމަށާއި، މި ކަންބޮޑުވުންތައް މިނިސްޓްރީއާ ހަމައަށް ވެސް އަދި ގެންދާނެ ކަމަށެވެ. އިތުރަށް ބުނީ ތަޢުލީމާބެހޭ ވަޒީރު ވަޑައިގަންނަވާނެ ދުވަހެއްގެ އިންތިޒާރުގައި ވަރަށް ގިނަ ބެލެނިވެރިން އެބަ ތިބިކަމަށެެވެ. ސިޔާސީ މަސައްކަތްތައް ކޮށްފައި، ފަރުކެޔޮޅުކަމު ގޮސްފައި އޭގެ ފަހުން ސްކޫލްގެ މަސައްކަތްތައް ކުރުމަަށް ވަގުތު ނެތިގެން އުޅޭތަން ފެންނަކަމަށާއި، އެވާހަކަތައް ނުދައްކަނީ ހިތުގައި އޮންނަ އިޙްތިރާމެއްގެ ސަބަބުން ކަމަށެވެ.
4 Replies to “ފޯކައިދޫގެ ބައެއް ސިޔާސީ ވެރިން ފަތުރާ ބޮޑެތި ފިތުނައިގެ ހުތުރު ނަން ސަރުކާރަށް.”
ރޯނު އެދުރު
ނަން ވެސް ޖަހާލަދިން ނަމަ. ތިޔަ އަލީ ނާދިރު އަކީ ރީތި ގޮތަކަށް ސިޔާސީ ކުރިމަގު ލިބޭނެ މީހެއް. އަމިއްލަ މީހާއަށް ކަމެއް ނުވެ ރަށަށް ކަމެއް ކޮށްނުދެވި މީހުންގެ މަލާތް ލިބި ގުޔަށްވާނެ އަލީގެ ތެރެއިން އައްޔެއް.
ހަލީމް
ސްކޫލް ޓީޗަރުން މާ ސިޔާސީ ވެގެން އުޅުމަކީ ވަރަަށް ހަޑިކަމެއް. ކުދިންނަށް ދެވޭ ނުރަނގަޅު ނަމޫނާއެއް. ތީ މަނާކުރަން ވެއްޖެ ކަމެއް، ރާއްޖޭގެ ވަރަށް ގިނަ ސްކޫލްތައް ހަލާކުވެއްޖެ. އެމްޑީޕީން ގެނެސްދިން ޑިމޮކްރެސީގެ ފޮނިމީރުކަން.
އަލްހާން ބަކުރު
ތިޔަ އަލީގެ ސިޔާސީ ކުޅިވަރު ބޮޑު މުސީބާތަކަށް ވެއްޖެ. މުޒާހަރާއެއް ކުރަން ވެއްޖެ ކަމެއް.
Sheikh
ވަރަަށް ދެރަ ސްކޫލްތައް ހަަލާކުވާތީ
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި