ޝާން މުޙައްމަދު

ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް އަންނަ މަހު ބާއްވަން ނިންމައިފި

ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ މެއި މަހުގެ ދިހައަކުން 12 ވަނަ ދުވަހާ ހަމައަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޮންފަރެންސްއަކީ ޕީޖީ އޮފީހާއި ޔުނިސެފުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. ޕީޖީ އޮފީހުން މިއަދު ވަނީ އެ ކޮންފަރެންސްއަށް ހާއްސަ ވެބްސައިޓް ވެސް ލޯންޗް ކޮށްފައެވެ.

އެ ކޮންފަރެންސްގެ ޝަރަފްވެރި މެހުމާނަކަށް މެޑަމް ސާޖިދާ ހަމަޖައްސާފައިވާ ކަމަށް ޕީޖީން ބުންޏެވެ. އަދި އެ ކޮންފަރެންގައި ރާއްޖޭގެ ޖުވެނައިލް ޖަސްޓިސް ސިސްޓަމްގައި ހުރި ގޮންޖެހުންތަކާއި އެ އިސިސްޓަމް އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ރާއްޖޭގައި ޖުވެނައިލް ޖަސްޓިސް ސިސްޓަމް ގާއިމްވެފައިވަނީ ރިހެބިލިޓޭޝަން، ރީއިންޓެގްރޭޝަން، އަދި ރިސްޓޯރޭޓިވް ޖަސްޓިސްގެ އުސޫލުތަކުގެ މައްޗަށެވެ. އޭގެ މަގުސަދަކީ ރިސީޑިވިޒަމް ހުއްޓުވުމާއި ޕޮޒިޓިވް ސޯޝަލް ރީއިންޓެގްރޭޝަން ކުރިއެރުވުމެވެ. ނަމަވެސް ކުށް ހުއްޓުވުމާއި، ޑައިވާޝަން ޕްރޮގްރާމްތަކާއި، ރިހެބިލިޓޭޝަންގެ ހިދުމަތްތަކާއި، ބަންދު ނޫން ފިޔަވަޅުތައް އެޅުން ފަދަ ދާއިރާތަކުގައި ގޮންޖެހުންތައް އެބަހުއްޓެވެ.

ޖުވެނައިލް ކުށްވެރިން ކާމިޔާބުކަމާއެކު ރިހެބިލިޓޭޓްކޮށް އަލުން އިންޓަގްރޭޓް ކުރުން ކަށަވަރުކުރުމަކީ މަލްޓި ސެކްޓާ އެޕްރޯޗެއް ކަމަށާއި އެކަމަށް ވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރިއެވެ.