މިލައުތުރު

ރާއްޖެއަށް ޕާޓީ ޑުރަގް ތައާރަފުވީ ކޮން ދުވަސްވަރެއްގައިތޯ؟

ނޭޝަނަލް ޑްރަގް އޭޖެންސީގެ ޗެއާޕާސަން ލުބުނާ ޒާހިރު ވިދާޅުވާ ގޮތުގައި މާލޭގައި ޕާޓީ ކުރުން އާންމުވެގެން ދިޔައީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރުގައެވެ.

އޭޕްރީލް 18 ވަނަ ދުވަހު ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަގަނޑު ހޫނުވުމާއެކު ޕާޓީކުރުމުގެ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. އަދި ޕާޓީ ކުރީ ވެސް ދައުލަތުގެ ވަޒީރު ބޭފުޅަކު ދިިރިއުޅުއްވާ ގޭގައި ކަމަށްވުމާއި، ތަހުޤީޤަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް މުޒާހަރާތަކެއް ވެސް ފެށިފައި ވެއެވެ.

އެންޑީއޭގެ ޗެއާޕާސަންގެ ހުރިހާ ވެސް ނުރުހުމެއް އަމާޒުކުރެއްވީ ނިމިދިޔަ ސަރުކާރަށެވެ. ލުބުނާ ވިދާޅުވީ ”ޕާޓީ ކުރުން އާންމުވެފައި ވަނީ 2018 އިން 2023 އަށް“ ކުރި ވެރިކަމުގެ ދުވަސްވަރުގައި ކަމަށެވެ. އެކަމަނާ އެހެން ވިދާޅުވިއިރު، އެމްޑީޕީ ސަރުކާރުގައި ވެސް އަދި އެ ޕާޓީގައި އެކަމަނާ އުޅުއްވާފައި ވެއެވެ. އަދި އެދުވަސްވަރު އެ ޕާޓީ ވެސް، އެ ސަރުކާރު ވެސް ހަމަ ބަރާބަރެެވެ.