މިލައުތުރު

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ.

ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ ޖަމިއްޔާއެއް ކަމަށްވާ ”ރިޕޯޓާސް ވިތައުޓް ބޯޑާސް“ އިން އާންމު ކުރަމުން އަންނަ ”ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް“ ގައި ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ނެރޭ ވޯލްޑް ފްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މި އަހަރު އޮތީ 52.46 ޕޮއިންޓާ އެކު 104 ވަނައިގަ އެވެ. ކުރީ އަހަރު 106 ވަނައިގައެވެ. އެއީ 52.46 ޕޮއިންޓާއެކުގަ އެވެ. އެހެން ނަމަވެސް އަދިވެސް ރާއްޖެ އޮތީ ނޫސްވެރިކަން ކުރުމުގައި އުނދަގޫ ގައުމުތަކުގެ ލިސްޓުގައެވެ.

މޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ދަނީ 2022 އިން ފެށިގެން ފަހަތަށް ސޮހެމުން ވެއްޓެމުންނެވެ. ނޫސްވެރިކަމަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ހެއްކާ ބެހޭ ގާނޫނުގެ ސަބަބުންނެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގައި ދިވެހިރާއްޖެ 2022 ގައި 15 ދަރަޖަ ފަހަތަށް ރާއްޖެ ވެއްޓުނެވެ. އެއީ ރާއްޖެއަށް ޑިމޮކްރެސީ ތައާރަފުވީ ފަހުން ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ބޮޑަށް ވެއްޓުނު ފަހަރު ކަމުގައި ވަނީ ވެފައެވެ.