ގާތްގަނޑަކަށް 15 ގަޑިއިރަށް ދެމިގެންދިޔަ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަަރަށް ގިނަ ސުވާލުތަކަށް ވަރަށް ގިނަ ވާހަކަފުޅުތަކެއް ވަނީ ރައީސް ދައްކަވާފައެވެ.
އެއްވެސް ޝައްކެތްނެތް ގޮތުގައި ރައީސަށް ތައުރީފު ޙައްޤު ކަންތައްތަކެއް ވެސް ފެނިގެންދިޔައެވެ. އެހެން ނަމަވެސް ސުވާލުތަކަށް ޖަވާބުދެއްވުމުގައި އެ ގެންގުޅުއްވި ޒިންމާއިން ރެކުމުގެ ވިސްނުންފުޅުތަކަކީ ރައްޔިތުންނަށް އެހާ ކަމުދާނެ ގޮތެއް ނޫންކަން ވެސް ޔަޤީން ކަށަވަރެވެ. އަދި ރައީސްގެ މައްޗަށް ދޮގު ވިދާޅުވާކަމުގެ ތުހުމަތުތައް އިތުރު ވެގެންދާނެކަން ވެސް ކަށަވަރުވެއެވެ.
މީހުން އުފައްދާ އެންމެ ބޮޑު އެއް ސުވާލަކީ މިއުޅެނީ ދުނިޔޭގެ ރެކޯޑެއް މުގުރާނުލެވިގެންތޯ ކުރާ ސުވާލެވެ. ރައީސް ޑރ. މުޢިއްޒު ސަރުކާރެއް އެކުލަވާލައްވައި ޤައުމުގެ ހުންގާނާ ޙަވާލުވެވަޑައިގެންނެވި ފަހުން މިހާރު ދެ އަހަރާ ގާތަށް ދާއިރު، ރަށް ރަށުގައި އެއްވެސް މަޝްރޫޢެއް ނުހިންގޭތާ އަސާސީ ބޭސް ލިބުމަށް ވެސް މިވަނީ ދަތިވެފައެވެ.
ނޫސްވެރިން ރައީސާ ކުރި ސުވާލުތަކަށް ޖަވާބުދެއްވުމުގައި ރައީސެއްގެ ޒިންމާތަކަށް ރައްކާތެރިވެވަޑައިގަތް ތަނެއް ފެނިގެނެއް ނުދިޔައެވެ. ބޭސް ނުލިބެނީ ފާމަސީތައް ހިންގާ ވިޔަފާރިވެރިންގެ ސަބަބުން، އިންސާފު ނުލިބެނީ ފަނޑިޔާރުންގެ ސަބަބުން، މަޝްރޫޢުތައް ނުހިނގަނީ ފައިސާގެ ސަބަބުން، ޑޮލަރު ނުލިބެނީ މާރުނުކުރާތީ، ފްލެޓްތައް ނުދެވެނީ ކުރީ ސަރުކާރުގެ ސަބަބުން، މިފަދަ ޒިންމާދާރުކަން ކުޑަ ގޮތެއް ފެނިގެންދިއުމަކީ ރައްޔިތުން ވަރަށް ކަންބޮޑުވާނެ ކަމެކެވެ.
ރެކޯޑެއް ހެއްދެވުމަކުން ލިބޭ މޮޅެއް ނެތެވެ. މުޅި ސޯޝަލް މީޑިޔާގައި އޮތީ މީމްތަކެވެ. ވިދާޅުވިހާ ވާހަކަތަކެއްގެ ފަތިފުއް ނެރެ އިތުރު ދޮގުތައް ފަޅާއަރުވާލާފައެވެ. ޙަޤީޤަތުގައި ވެސް ރައީސް އިއްޔެގައި އެ ކުރެއްވީ މާ މޮޅު ކަމެއް ނޫނެވެ. އެއީ ނުލަފާކަން ދައްކާލުން ކަމަށް ވެދާނެއެވެ. ދިވެހި ރައްޔިތުން އެމަނިކުފާނުގެ ހިންގުންތެރިކަމާ ވާހަކަފުޅުތައް ވަޒަންކޮށް މިންކުރާނެކަން ޔަޤީނެވެ.
One Reply to “ދުނިޔޭގެ ރެކޯޑް މުގުރާލި ނޫސްވެރިންގެ ބައްދަލުވުމަށް ރައްޔިތުން ދިނީ ޑީ ރިޕޯޓެއް؟”
Mami umar
Kihineh balaagen hodhi natheejaa eh thi.
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި