އަތޮޅު ކައުންސިލްތައް އޮތް ގޮތް މިހާރު ވެސް ރަނގަޅު ކަމަށާއި، ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް މެންބަރުންގެ އަދަދު ވެސް އިތުރު ކުރަން ޖެހޭ ކަމަށް ނ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.
ނ. އަތޮޅު ކައުންސިލްގެ ރައީސް ބަޝީރު (ބައްޓޭ) މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. ބައްޓޭ އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނައުމުގެ ވާހަކަ ކޮންމެ ސަރުކާރަކުން ވެސް ދައްކާ ކަމަށާއި، ހެޔޮ ބަދަލެއް އަންނަތަން ނުފެންނަ ކަމަށެވެ.
ލާމަރުކަޒުކޮށް ރާއްޖެ ހިންގުމަށްޓަކައި ގޮންޖެހުންތައް ވަރަށް ގިނަ ކަމަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރާން ޖެހޭ ކަމަށެވެ. ހުރިހާ ކަމެއްގައި ވެސް ރައްޔިތުންގެ މަސްލަޙަތަށް ބަލަންޖެހޭނެ ކަމަށާއި، ބަރުލަމާނީ ނިޒާމަށާ ޕްރެފަރެންޝަލް ވޯޓުލާ ނިޒާމަކަށް ތާއީދުކުރައްވާ ކަމަށެވެ.