ކެޔޮދޫ ދާއިރާގެ ތައުލީމީ ޙާލަތު ރަނގަޅުކޮށް ވަޞީލަތްތައް ޤާއިމުކުރުމަށް 20 މިލިޔަން ރުފިޔާ ބަޖެޓް ކުރެވިފައިވާ ކަމަށާއި، އެއްވެސް މަޝްރޫޢެއް ނުފެށި އޮތް އޮތުމަކީ މިނިސްޓްރީގެ މައްސަލައެއް ނޫންކަމަށާއި، ފައިސާ ނެތިގެންކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ކެޔޮދޫ ދާއިރާގައި 4 ބުރީގެ އިމާރާތް އެޅުމަށް 1.5 މިލިއަން ރުފިޔާ 2023 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާއިރު 2024 ވަނަ އަހަރުގެ ބަޖެޓްގައި 2 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓަކީ ޖުމްލަ 20 މިލިއަނަށްވުރެ ގިނަ ފައިސާ ހޭދަވާ ޕްރޮޖެކްޓެއް ކަމަށެވެ.
2023 ވަނަ އަހަރު ވެސް 2024 ވަނަ އަހަރު ވެސް 2025 ވަނަ އަހަރު ވެސް އެޑްވާންސް ދައްކާނެ 15 ޕަސެންޓަށްވާ ފައިސާ ނެތުމުން މަސައްކަތުގެ އަމަލީ މަސައްކަތް ފެށޭގޮތް ވަނީ ނުވެފައި ކަމަށެވެ. އަދި 15 ޕަސެންޓަށް ވާ ފައިސާ ބަޖެޓުގައި ނުހިމެނޭ ޕްރޮޖެކްޓްތައް މިދިޔަ އަހަރު ނުފަށަން ނިންމާފައިވާ ކަމަށެވެ.
ވީމާ ކެޔޮދޫ ދާއިރާގައި 4 ބުރީގެ އިމާރާތް އެޅުމުގެ މަޝްރޫއު ވެސް ހުއްޓިފައިވަނީ ފައިސާ ހަމަޖެހިފައިނެތުމުގެ ސަބަބުން ކަަމަށާއި، އެކަމުގައި މިނިސްޓްރީގެ އެއްވެސް މައްސަލައެއް ނޫޅޭ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.