މިލައުތުރު

ޖޭއެސްސީގައި ތިބޭ ތިން ފަނޑިޔާރުން ކުރެ ދެ ފަނޑިޔާރުން އަޒްމިރާލްދާ އާއި މަހާޒު ވަކިކުރަން ދެކޮޅު.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވާފައިވާއިރު، ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގައި ނެގި ވޯޓުގައި އެ ކޮމިޝަނުގައި ތިއްބާވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ދެކޮޅު ހައްދަވައިފިއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި އަލްއުސްތާޛު މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކި ކުރަން ފެންނަ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުޑަ ކޮމިޓީއިން އިއްޔެ ފާސްކުރިއިރު، އެ ދެބޭފުޅުން ވަކިކުރަން ނުފެންނަކަމަށް ވޯޓްދެއްވީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުއެވެ. ދާދި ފަހަކުން ސުޕްރީމް ކޯޓަށް އައްޔަނުކުރެއްވި ފަނޑިޔާރު ހުސައިން ޝަހީދު ތާއީދުކުރެއްވީ ދެ ފަނޑިޔާރުން ވެސް ވަކިކުރުމަށެވެ.

ޖޭއެސްސީގައި ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް ހިމެނެއެވެ. ޑރ. އަޒްމިރަލްދާ ޒާހިރާއި އަލްއުސްތާޛު މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ފެންނަކަމަށް ވޯޓް ދެއްވީ؛

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު
  • ގާނޫނީ ވަކީލުން ތަމްސީލްކުރައްވާ މެމްބަރު އަލީ އަބްދުއްލަތީފް
  • ރައީސްގެ މެމްބަރު ޔަޒްމީދު މުހައްމަދު
  • ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު