ިންޑިޔާ ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަޙައްދެއް ކަމަށްވާ ޕަހަލްގަމައަށް ދިން ނިރުބަވެރި ހަމަލާގެ ބަދަލެއްގެ ގޮތުން އިންޑިޔާގެ އަސްކަރިއްޔާއިން ވަނީ ޕާކިސްތާނަށް ވައިގެ ހަމަލާތަކެއް ދީފައެވެ.
އިންޑިޔާ ބުނާގޮތުގައި ހަމަލާދިނީ ޕާކިސްތާނުގެ ތެރޭގައި ހަރަކާތްތެރިވާ ޓެރަރިސްޓުން ދިރިއުޅޭ ކޭމްޕުތަކަށެވެ. އެހެން ނަމަވެސް ޕާކިސްތާނުން ބުނެފައިވަނީ ހަމަލާގައި މަރުވެފައިވަނީ އާންމުން ކަމަށާއި، މިހާތަނަށް 6 މީހަކު މަރުވެފައިވާ ކަން ކަށަވަރުކުރެވިފައިވާ އިރު، އޭގެ ތެރޭގައި ކުޑަކުއްޖެއް ވެސް ހިމެނޭ ކަމަށެވެ.
ޕާކިސްތާނުން ބުނާގޮތުގައި ހަމަލާދިނުމަށް ބޭނުންކުރި އިންޑިޔާގެ އެއާފޯސްގެ ޖެޓްތަކެއް ވައްޓާލާފައިވާ ކަމަށާއި، އޭގެ ތެރެއިން ދެ ޖެޓް ވަނީ ކަށަވަރުކުރެވިފައި ކަމަށެވެ. އަދި މީގެ އިތުރުން ވެސް އިންޑިޔާގެ އަސްކަރީ ސާމާނަށް ބޮޑެތި ގެއްލުންތަކެއް ދީފާ ވާކަމަށެވެ.