ސްޓެލްކޯ އެމްޑީ ފަހުމީ ޔަޤީންކޮށްދެއްވާ ގޮތުގައި މާލޭގައި ކަރަންޓު ބިލް ބޮޑުވަނީ ކަރަންޓް ބޭނުންކުރާ ގޮތުންނާއި، ދުނިޔެ ހޫނުވާ މިންވަރު މައްޗަށް ދިއުމުގެ ސަބަބުންނެވެ. އަދި ވޭތުވެދިޔަ ދެ މަހުގެ ކަރަންޓު ބިލު ބޮޑުވާނެ ކަމުގެ އިންޒާރު ވެސް ވަނީ ދުރާލާ ދެއްވާފައެވެ.
ސަރުކާރުގެ ދީލަތިކަމުގެ އަތެއް މިވަނީ ރައްޔިތުންނަށް ދިއްކޮށްލާފައެވެ. މާރިޗު މަހަށާއި، އޭޕްރީލް މަހަށް ވެސް ބޮޑު ޑިސްކައުންޓެއް އަޅައިދެއްވާފައެވެ. އަދި ދެ މަހުގެ ބިލް ވެސް ވަނީ މީޒާނުގައި ހަމަ ހަމަ ކޮށްލަދެއްވާފައެވެ. އަދަދުތަކުގައިި އެއްވެސް ފަރަޤެއް ނެތްކަމީ ޑިސްކައުންޓުން ކަށަވަރު ކޮށްދީފައިވާ ހަމަ ހަމަ ކަމެވެ.
ކަރަންޓުގެ ޚިދުމަތްދޭ އަނެއް ކުންފުނި ކަމަށްވާ ފެނަކައިން ވެސް ވަނީ ދެ ބިލަށް ޑިސްކައުންޓު ދީ، ހަމަ ހަމަ ކޮށްލާފައެވެ. އެހެން ކަމުން ރައްޔިތުންނަށް ލިބިގެންދިޔައީ ތިލަފަތް ހަމަ ކަރަންޓު ބިލެކެވެ.