ށ. އަތޮޅު ކައުންސިލުން ދޭ އިރުޝާދާ އެއްގޮތަށް އެ އިދާރާގައި ހުރި 970 އަށް ވުރެ ގިނަ ޤުރުއާނުގެ ތަރުޖަމާ ފޮތް ނައްތާލަދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ.
އެ ކައުންސިލުން ކުރި އިޢުލާނުގައިވާ ގޮތުން ކީރިތި ޤުރުއާނުގެ ތަރުޖަމާތައް ނައްތާލަނީ ބާ ވެގެންނެވެ. ފުނަދޫން މަޢުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނިގޮތުގައި އެ އިދާރާއަކީ ޤުރުއާން ތަރުޖަމާ އާންމުކޮށް ބޭނުންކުރާ އިދާރާއަކަށް ނުވާތީ، އެހާ ގިނަ ޢަދަދެއްގެ ތަރުޖަމާ ފޮތްތައް ބޭނުންކޮށް ބާވެގެން އުކާލަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެ ފޮތްތަކުގައި ކަތުރުފަނި އަޅާ ހަލާކުވަންދެން ބަހެއްޓުމުން ވީ ގޮތް ކަމަށެވެ. އަދި އެ ފޮތްތައް އަތޮޅުގެ ރަށް ރަށަށް ކުރިން ބަހާލިނަމަ، އޭގެ ފައިދާ ނުކޮށް ނުދާނެ ކަމަށެވެ.
ށ. އަތޮޅު ކައުންސިލްގެ އިޢުލާނުގައި ވާގޮތުން ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 29 ވަަނަ ދުވަހަށެވެ.