މިލައުތުރު

ދެކެދެކެވެސް މިވަރުކަމެއް ދުށީމުތޯ: 40 އަހަރު ދައުލަތަށް ޚިދުމަތްކުރެއްވި މީހުން ވެސް ކުއްލިއަކަށް ނާޤާބިލް ވެއްޖެ.

ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފުންތަކެއް ކޮމިޝަންގެ މެންބަރުންނާ މެދު ހިތްހަމަނުޖެހިގެން މަސައްކަތް ހުއްޓާލުމަށް ފަހު، އިހުތިޖާޖު ކުރުމުގެ ގޮތުން މިއަދު ގެއަށް ހިނގައްޖެ އެވެ.

ކޮމިޝންގެ ހިއުމަން ރިސޯސަސް-އެޑްމިން ޑިޕާޓްމަންޓުގެ ޑިރެކްޓަރ އަހުމަދު ރާޝިދު ވިދާޅުވިގޮތުގައި މަސައްކަތް ހުއްޓާލާފައި މުވައްޒަފުންތަކެއް ގެއަށް ދާން ނިންމީ ބޭއިންސާފާ ތަފާތުކުރުންތަކަށް ކެތްނުކުރެވިގެންނެވެ. އަދި މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރެއްވި އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސަސްޕެންޑު ކުރުމުންނެވެ.

ޒީނިޔާ ތިން ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފައިވާ އިރު، ކޮމިޝަންގައި އޭނާ އަދާކުރެއްވި ޒިންމާތަކާއި މަސްޢޫލިއްޔަތުތަކާ މިހާރު ހަވާލުވެގެން ހުރީ ކޮން ބޭފުޅެއްކަމެއް މުވައްޒަފުންނަކަށް ނޭނގޭ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. ޖުމްލަ 25 މުވައްޒަފުން ތިބި ކޮމިޝަނުގައި މިވަގުތު ސަލާމާ ޗުއްޓީގައި ތިބި މުވައްޒަފުންނާ ނުލާ 10 މުވައްޒަފަކު އިހުތިޖާޖުގައި ބައިވެރިވެ ގެއަށް ގޮސްފައި ވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގައި 14 އަހަރު، ބްރޯޑްކާސްޓިން ދާއިރާގައި 28 އަހަރު އަދި ދައުލަތަށް ޚިދުމަތް ކުރައްވާތާ 40 އަހަރު ވެފައިވާ ރާޝީދު ވިދާޅުވީ ދެކެދެކެވެސް މިވަރުކަމެއް ނުދެކޭ ކަމަށެވެ.

9 Replies to “ދެކެދެކެވެސް މިވަރުކަމެއް ދުށީމުތޯ: 40 އަހަރު ދައުލަތަށް ޚިދުމަތްކުރެއްވި މީހުން ވެސް ކުއްލިއަކަށް ނާޤާބިލް ވެއްޖެ.”

  1. ދެކެދެކެވެސް

    ނާގާބިލް ވެރިންތަކެއް ލީމާ ވާނެ ހަތަރެއްޗެއް ވެ ތިޔަ ތަން ނިމިއްޖެ. ވަޒީފާ އަދާކުރަން ދާނެ ކަމެއް ނެތް. ސިޔާސީ ނާޗަރަންގީ ކުޅެން އެމީހުން ބައިތިއްބާފައި ކަލޭމެން ކުދިންކޮޅުގެ ސަލާމަތް ހޯދާ. އެހެން ނޫނީ އެންމެ ފަހު ވަގުތު ހުރިހާ ކަމެއް މުވައްޒަފުންގެ ބޮލަށް ކަނޑާލާނެ.

  2. ތިނަދޫ ދާއްބަ

    ދައްކަވަން ހުރި ތަނެއް ދައްކަވާފަ ނިމިގެން ދާނީ. ތި ހާލަތުގައެއް ނޫންތޯ ތިޔަ ބޭފުޅުން މަސައްކަތްކުރާ އޮފީސް ވެސް ހުރީ

  3. އަމީނާ

    ހަރާން ކޯރު ވަނީ ވަކިވަރަކަށް ނޫން. އަމީނާ އެޕާޓްމަންޓް ގަނޑު ގަނެގެން. 5 އަހަރު ދައުރު އެ ހަމަ ކުރީ ކޮންމެ މަހަކު ބައިލައްކަ ހޯދައިގެން. އަޅެ މީނަ ކުރި ކަމެއް ދައްކަބަލަ.

  4. މީޑިއާކައުންސިލުމުވައްޒަފެއް

    މަ މީ އެތާ ހުރި މީޑީއާ ކައުންސިލް މީހެއް. ސޮފާ ބުނަނީ މައްޗަށް އަރަމުން ”އައި ހޭވް ނޯ އައިޑިއާ ވަޓްސް ހެޕަނިން“.
    މީނާ އަށް އިނގޭ ކަމެއް އެބައޮތްތަ؟

  5. ޓޮފީ

    ސޮފާ ހީކުރީ ސާޖިދާ އާ ތިމާގެ ވީމަ މީނަ އަށް ބޭނުންކަމެއްވާނެ ކަމަކަށް. އެތާ ތިބި ފިރިހެނުންވެސް ފިތިފައި. އެއްވެސް ކަމެއްވާ ބައެއް ނޫން. ސާޖިދާ އާ ތިމާގެ ވީމަ ކަންންނޭގެ ހަބަރު ލިބޭ މީނާވެސް އުޅެނީ ފިރިމީހާވެސް ދަށުކޮށްލައިގެން ކަމަށް.

  6. މުވައްޒަފުން

    މުވައްޒަފުން އެ ހެދީ ހަދަން ވާ ގޮތަށް. ބޭނުންހާ އެއްޗެއް ނެހެދޭނެ. ރައްޔިތުންގެ ފައިސާ އިން މުސާރަ ނަގައިގެން.

  7. Anonymous

    ވަރަަށް ގޮތެއް ފޮތެއް ނެތް ވެރިންތަކެއް. މުވައްޒަފުންނަށް ހިތުހުރި ގޮތެއް ހަދާނީ އެއްވެސް ގޮތެއް ނެތީމާ. ދުނިޔެ އުމުރަށް ތިބެވޭނެ ކަމަށް ތޯ!

  8. Anonymous

    ތިޔަތާ ހުރި ރައީސާ އަކީ ވާންޗޯއެއް ވީމާ ވާގޮތް. އޭނަ ހިތުން ވަރަށް ގަދަ މީހެއް އެކަމް ބޮޑު މަރުމޯލެއް.

  9. އައްޑޫކުއްޖާ

    ÷މިހާރު ހުސް ނާގާބިލު މީހުން ލަނީ.

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި