އުސްތާޛް ޒަކީ

އިޒްރޭލް އެމްބަސީގެ ދެ މުވައްޒަފުން ގަޔަށް ބަޑިޖެހުން ކުއްވެރިކުރާ އިރު، އެކަންވެސް ކުރިން ކޮށްފައިވަނީ އެމީހުންކަން ހަނދާންކުރަން ޖެހޭ.

މުޅި ދުނިޔެ ސިއްސުވާލި ޚަބަރަކަށް އިއްޔެގައިވީ އެމެރިކާގެ ވޮޝިންޓަން ޑީސީގައި އިޒްރޭލް އެމްބަސީގެ ދެ މުވައްޒަފުންގެ ގަޔަށް ބަޑިޖަހާ މަރާލި ހާދިސާއެވެ. އަދި ދިވެހިރާއްޖެ ވެސް ހިމެނޭހެން މުޅި އިސްލާމީ އުންމަތް ކަހަލަ ގޮތަކަށް އެކަން ކުއްވެރިކޮށް، ހަމްދަރުދީގެ ޝުޢޫރުތައް ވަނީ ބަންޑުން ކޮށްލާފައެވެ.

އަދި ހާދިސާ ހިނގިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަރުކަށި ބަސްތަކާއެކު ޣައްޒާގެ މުސްލިމުންނަށް ފުލު ފުލުގައި ޙަމަލާތައް ދީ އެތައް ސަތޭކަ މީހުން ޝަހީދުކޮށްލިއެވެ. އަދި ޙަމަލާތަކާ އަނިޔާވެރިކަން އިހުނަށް ވުރެ އިތުރު ކޮށްފިއެވެ.

އެމެރިކާގައި ހުންނަ އިޒްރޭލް އެމްބަސީގެ ދެ މުވައްޒަފުންނަށް ބަޑިން ދިން ޙަމަލާއަކީ ޚުދު އެމީހުންގެ ޙީލަތްތެރި ރޭވުމަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެނީ، ޚުދު އެމީހުންނީ އެފަދަ ނަން ކިލަނބުވެފައިވާ ހުތުރު ތާރީޚެއް އޮތް ބައެއް ކަމުގައި ވާތީ އެވެ. އިޒްރޭލަކީ ޑިޕްލޮމެޓުންނަށް ޙަމާލާ ދިނުމުގެ ތާރީޚެއް އޮތް ބައެކެވެ. އެގޮތުން 1 އޭޕްރީލް 2004 ވީ ހޯމަ ދުވަހަކީ އިޒްރޭލްގެ ވައިގެ ސިފައިން ބޮޑު ގަތުލްއާންމެއް ހިންގި ދުވަހެކެވެ. ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުރި އީރާން އެމްބަސީއަށް ބޮންއަޅާ މުޅި އިމާރާތް އެއްކޮށް ބިމާ ހަމަކޮށްލިއެވެ. އެ ނުރައްކާތެރި ޙަމަލާގައި އެ އިދާރާގައި މަސައްކަތްކުރި 16 މުވައްޒަފުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި އީރާންގެ ރިވޮލިއުޝަނަރީ ގާޑުންގެ އަށް އޮފިޝަލުންގެ އިތުރުން ސޫރިޔާގެ އާންމުންގެ ދެމީހުން ހިމެނެއެވެ.

އެހެންކަމުން، ޑިޕްލޮމެޓުންނަށް ޙަމަލާދިނުމުގެ ހުތުރު ތާޚީރެއް އޮތް އިޒްރޭލަށް ހަމްދަރުދީވެ ވާހަކަދައްކާއިރު، އެމީހުންގެ ފަތިފުއް ބަލައިލުން މުހިންމު ކަމުގައި ދެކެމެވެ. އިޒްރޭލަކީ ޙަޤީޤަތުގައި ވެސް ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި ދައުލަތެކެވެ. އަދި އެއްވެސް ޙާލެއްގައި މުސްލިމުން ހަމްދަރުދީވުމެއް ވެސް ނެތެވެ.

One Reply to “އިޒްރޭލް އެމްބަސީގެ ދެ މުވައްޒަފުން ގަޔަށް ބަޑިޖެހުން ކުއްވެރިކުރާ އިރު، އެކަންވެސް ކުރިން ކޮށްފައިވަނީ އެމީހުންކަން ހަނދާންކުރަން ޖެހޭ.”

  1. ނަޝްވަތު

    ތި އިޒްރޭލަކީ ނައްތާލަންޖެހޭ ބައެއް ބޮޑު މުސީބާތަކަށް ވެއްޖެ ބައެއް. އެމީހުން ކުރާނީ ތިޔަކަހަލަ ހުރިހާ ކަމެއް ވެސް، ފައްކާ ޝައިތާނުންގެ ބައެއް….

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި