ރަޝިޔާގެ ރައީސް ޕޫޓިންގެ އަމަލުތައް ހުރިގޮތާ މެދު އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވި ގޮތުގައި ކޮންމެވެސް ކަމެއް ގޯހުން ގޯހަށް ގޮސްފިކަމަށާއި، ޙަޤީޤަތުގައި ވެސް ރައީސް ޕޫޓިން މިހާރު ހުރީ މޮޔަވެފައި ކަމަށެވެ. އަދި މިހާތަނަށް ވަރަށް ގާތް ގުޅުމެއް ބޭއްވެވި ކަމަށާއި، ކޮންމެވެސް ކަމެއް އޭނާއަށް ވެއްޖެ ކަމަށާއި، މިހާރު ފެންނަނީ މޮޔަވެފައި ހުރި މީހެއްގެ ގޮތަށް ކަމަށެވެ.
އެއްވެސް ސަބަބަކާ ނުލާ ޔޫކްރޭނަށް މިސައިލް އާއި ޑްރޯންތަކުން ހަމަލާދީ އެތައް ބަޔަކު މަރާލައިފި ކަމަށާއި، އެއީ އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.