މިލައުތުރު

ރާއްޖޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހިފައިވަނީ ފައިސާ ލިބުމުގައި ތާށިކަމެއް އުޅޭތީ – މިނިސްޓަރ ޒަމީރު

މިއަދު ފެށި އޭޝިޔާ އިނީޝިއޭޓިވްގެ 8 ވަނަ ސިލްސިލާ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ލަސްކަމެއް އައިސްގެން މިއުޅެނީ ފައިސާ ލިބުމުގައި ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ.

ގްލޯބަލް ފޯރަމް އާއި އޭޝިއާ އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރިވުމާއެކު ޓެކްސްގެ ނިޒާމު ހަރުދަނާކޮށް އިތުރު އާމްދަނީ ލިބޭ ގޮތަށް ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖެއިން ވަނީ ހޮންކޮންގާއެކު ޑަބަލްކޮށް ނެގޭ ޓެކްސްތައް އުނިކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މީގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި، އިންވެސްޓަރުންނަށް ފަހި މާހައުލެއް ފެނިގެންދާނެ ކަމަށެވެ.

އަދި މުޅި ދުނިޔޭގެ ވެސް އިގްތިސާދީ ހާލަތު ހުރި ގޮތަށް ބަލާ އިޤްތިޞާދީ ސިޔާސަތުތައް އަލުން އެކުލަވާލައި، ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، ހެޔޮ ނަތީޖާ ރައްޔިތުންނަށް ފެންނަން ފަށާފައިވާ ކަމަށެވެ.