މިލައުތުރު

ސްޓެލްކޯ އެމްޑީ ފަހުމީ އަކީ އާދައިގެެ މީހެއް ނޫން، ތަފާތު ނަތީޖާ ނެރޭ މީހެއް!

ދިވެހީންގެ މެދުގައި ކަރަންޓު ބިލް އަންދާޒާކުރުމުގައި މަޤުބޫލުކަން ހޯއްދަވާފައިވާ ސްޓެލްކޯގެ އެމްޑީ ފަހުމީ އަކީ އާދައިގެ މީހެއް ނޫނެވެ. އެކި ދާއިރާތަކުގެ ފަންނީ ޤާބިލްކަން ލިބިފައިވާ ވަރަށް ތަފާތު ނަތީޖާ ނެރޭ މީހެކެވެ.

މުޅިން އާ ކަންކަމާ ޒަމާނީ ޓެކްނޮލޮޖީ އީޖާދުކުރުމާއި، ހިތުހިސާބު ޖެހުމާއި، އަތްތެރި މަސައްކަތުގައި ވެސް ފާހަގަކޮށްލެވޭ ހިންގުންތެރި އެމްޑީއެކެވެ. އަޑިނުފެންނަ ފުން ކަނޑު ދިރާސާކުރުމަށް ސަބްމެރިން އުފެއްދުމާއި، ޖައްވުމުގެ ދިރާސާތަކަށް ޑްރޯން އުފެއްދުމަކީ ސްޓެލްކޯ އެމްޑީއަށް ޚާއްސަ ކަންކަމެވެ.

އެކްސްޕޯ މޯލްޑިވްސް 2025 ގައި ސަރުކާރު ކުންފުނިތަކުގެ ކެޓްގަރީން ފަޚުރުވެރި އެއްވަނަ ކާމިޔާބުކުރީ ވެސް އެމްޑީ ފަހުމީގެ މޭސްތިރިކަމުގައި ސްޓެލްކޯއެވެ. އެހެންކަމުން ފަހުމީ އަކީ ހުސް ވާހަކަދައްކާ މީހެއްގެ ގޮތުގައި ނަންކުރެވޭނެ އެއްވެސް ޖާގައެއް މިހާރަކު ނެތެވެ.

އެންމެ ފާހަގަކޮށްލެވޭ ކަމަކީ މި މަހު އާދަޔާ ޚިލާފަށް ހޫނު ގަދަ ކަމަށާއި، އަންނަ މަހުގެ ކަރަންޓު ބިލު ބޮޑުވާނެ ކަމަށް ފަހުމީ ބުނެއްޖެ ނަމަ، ޔަޤީނުން ވެސް ބިލް ބޮޑުވާކަމެވެ. އެއީ ސީދާ ފަހުމީއަށް ޚާއްސަ ހިތުހިސާބެއް ކަމަށް ބައެއް މީހުން ބުނެއެވެ.