ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ކޮމިޝަންގެ އައިޓީ އޮފިސަރު އުޞޫލާ ޚިލާފަށް ސަސްޕެންޑް ކުރި މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ކޮމިޝަނުގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ކުރި ތަޙްޤީޤުން ޝައްކުވާ ކަންކަންތަައްތަކެއް ހުރި ކަމަށް ބުނެ, ކޮމިޝަނުގެ އައިޓީ އޮފިސަރު ވަޒީފާ އިން ސަސްޕެންޑް ކުރީ ކަމަށް ކޮމިޝަނުގެ ރައީސް ސޮއިކޮށް އައިޓީ އޮފިސަރަށް ވަނީ ސިޓީ ފޮނުވާފައެވެ. ނަމަވެސް, މިކަމާއި ގުޅޭ ގޮތުން ދިވެހި ފުލުހުން ނޫސްތަކަށް މައުލޫމާތު ދެެއްވަމުން ވިދާޅުވެފައިވަނީ ކޮމިޝަންގައި އެއްވެސް ތަޙްޤީޤެއް ކުރައްވާފައި ނުވާކަމަށެވެ. މިޝަނަށް ގޮސްފައިވަނީ ސާވާ އަށް ދިމާވި މައްސަލައިގައި އެހީތެރިކަންފޯރުކޮށްދިނުމަށް ކަމުގައެވެ.
އައިޓީ އޮފިސަރު ބުނާގޮތުގައި އޭނާއާ ފުލުހުން ސުވާލުކުރީ ތަޙްޤީޤީ ނަޒަރަކުންނެވެ. އަދި ޖެހިގެން އައި ދުވަހު ފުލުހަށް ހާޒިރުވުމަށް ވެސް އަންގާފައިވެ އެވެ. ނަމަވެސް އެކަން ވަނީ ފަަހުން ލަސްކޮށްފައިވާ ކަމަށް ދާން އޮތް ދުވަހު ހެނދުނު ގުޅާފައި ބުނެފައިވެއެވެ.
އޭނާ ޤަވާއިދާއި ޚިލާފަށް ސަސްޕެންޑްކޮށް ޙައްޤުތަކަށް ކޮމިޝަނުގެ މެންބަރުން އަރައިގެންފައިވާތީ ކަމާއި ގުޅުން ހުރި އެހެން އިދާރާތަކަށް މައްސަލަ ހުށަހަޅަމުންދާ ކަމުގައި އައިޓީ އޮފިސަރު މައުލޫމާތު ބުނެއެވެ. އަދި ކޮމިޝަނަރުން މުވައްޒަފުންނާ މެދު އަމަލުކުރަމުންދާ ގޮތުން މުވައްޒަފުން ހުށަހަޅާފައިވާ ޝަކުވާގެ ޕެޓިޝަނަށް ބާރުލިބެއެވެ.
އަދި ބްރޯޑްކޮމްގެ މުވައްޒަފުން ބިރުފަހަނައަޅާ ގޮސް އެމީހުންގެ ޙައްޤުތައް ހޯދުމަށް ނިކުމެ ކުރަމުންގެންދާ އިހުތިޖާޖަކީ މުޅި ޤައުމުގެ މުސްތަޤުބަލަށް ވެސް ނަމޫނާއަކަށް ފުދޭނެ ކަމެކެވެ. އަދި މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލުވާލަން ސިޔާސީ ވެރިން ކުރާ މަސައްކަތްތައް ހުއްޓުވާން ލިބޭ ފުރުޞަތަކަށް ވެސް މިކަން ފުދެއެެވެ.