ޝާން މުޙައްމަދު

ހުޅުމާލޭގެ 5،099 ފްލެޓަކުން ގަވައިދުން ކުލި ނުދައްކާ: އެޗްޑީސީ

ހުޅުމާލޭގެ 5،099 ފްލެޓަކުން ގަވައިދުން ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ގަވައިދުން ކުލި ނުދައްކާ ކަމަށް 5،099 ސޯޝަލް ހައުސިން ޔުނިޓު ރެކޯޑުކުރެވިފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީ 28 އާއި ހަމައަށް ސޯޝަލް ހައުސިން ޔުނިޓުތަކުން ލިބެންޖެހޭ ކުލީގެ ތެރެއިން އެކޯޕަރޭޝަނަށް 728،193،616.18 ރުފިޔާ ލިބިފައި ނުވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެއްމަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުލި ނުދައްކާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ވެރިންނަށް ކުލި ދެއްކުމަށް އަންގާ ދެވޭ ޕޭމަންޓް އެޑްވައިސް ކޮންމެ ތިން މަހަކުން އެ ކޯޕަރޭޝަނުން ދެމުންދާކަމަށް ވެސް އެޗްޑީސީން ބުންޏެވެ. އަދި ގަވާއިދުން ކުލި ނުދެއްކި ނަމަވެސް މިހާތަނަށް ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ އެއްވެސް ފްލެޓެއް އަތުލާފައި ނުވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ހުޅުމާލޭގައި އެޗްޑީސީން ކުލި ނަގައި، ބަލަހައްޓާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. މީގެ ތެރެއިން ކުލި ދައްކަމުން ގެންދާ ޔުނިޓްތަކުގެ ގޮތުގައި 8،318 ޔުނިޓް ފާހަގަ ކުރެވިފައިވާއިރު، ގަވައިދުން ކުލި ދައްކާ ކަމަށް ރެކޯޑް ކުރެވިފައިވަނީ 3،219 ޔުނިޓް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މިސަރުކާރުން ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހުރިހާ ފްލެޓްތަކެއްގެ ކުލި ކުޑަކޮށްފައެވެ. އެގޮތުން ރައީސް މުއިއްޒު މީގެކުރިން ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓްތަކުން މަހުން މަހަށް ކުލި ދައްކާވާއިރު، ސަރުކާރުން ކުޑަ ކޮށްފައި ނުވާ ކަމަށާއި އެތަންތަނަށް 4000 އާއި 7000 ދެމެދުގެ އަގެއް މެއިންޓެނެސް ފީއާއި އެކީ ދައްކަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މީގެ ސަބަބުން 20 އިންސައްތަ އެ ފްލެޓްތަކުން ކުލި ކުޑަވެގެން ދާނެ ކަމަށެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ފްލެޓްތަކުގެ ކުލި ކުޑަކުރައްވާފައެވެ.

One Reply to “ހުޅުމާލޭގެ 5،099 ފްލެޓަކުން ގަވައިދުން ކުލި ނުދައްކާ: އެޗްޑީސީ”

  1. Ali

    dhen kiyaanevkamehnei. Verikan hoadhanvegennPNC kudhin kairee bunee evves faisaa eh HDC ah dhakkaane kameh nei kamah. hiley goathi dhineema flat ves hiley vaaney

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި