މިލައުތުރު

މި އަހަރުގެ ޙައްޖު (ޢަރަފާތު) ދުވަހަކީ 5 ޖޫން ވާ ބުރާސްފަތި – އިސްލާމިކް މިނިސްޓަރ

މީލާދީ ސަނަތުން އަންނަ ޖޫން މަހުގެ 5 ވާ ބުރާސްފަތި ދުވަހަކީ މި އަހަރުގެ ޙައްޖު ދުވަސްކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ފޭސްބުކްގައި ކުރެއްވި ކުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ މިހިނގާ މޭ މަހުގެ 28 ވާ ބުދަ ދުވަހަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 01 ވަނަ ދުވަސް ކަމުގައި ވާތީ، މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 05 ވާ ބުރާސްފަތި ދުވަހަކީ 1446 ވަނަ އަހަރުގެ ޙައްޖު (ޢަރަފާތު) ދުވަސް ކަމުގައި ދަންނަވާ ކަމަށެވެ.

އެހެން ކަމުން މި އަހަރުގެ ބޮޑު ޢީދުގެ ފުރަތަމަ ދުވަހަށް ވާނީ 6 ޖޫން 2025 އެވެ. ބޮޑު ޢީދަކީ ދިވެހީން އެންމެ ފޯރީގައި ވާހަގަކުރާ ޢީދު ކަމަށް ވަނީ ވެފައެވެ. އެގޮތުން އެންމެން ކަހަލަގޮތަކަށް ބޮޑު ޢީދަށް އުފަން ރަށަށް ގޮސް އުޅެއެވެ. އަދި ތަފާތު ކުޅިވަރުތަކުގެ ފޯރި ނަގައެވެ.