ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމަަށް ބޮޑު އިންޤިލާބެއް ގެނެސް ފެންނަގޮތް ބަދަލުކޮށްލުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އައިނު ފިހާރައެއް ހުޅުވަން ނިންމައިފިއެވެ.
އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ތަރައްޤީކޮށް، އާ ޚިދުމަތްތައް ތައާރަފުކޮށް، ތަފާތު ޓެކްނޮލޮޖީތައް އީޖާދުކުރުމުގެ މަސައްކަތްތައް ވަރަށް ހަލުވި އިސްޕީޑެއްގައި ކުރިއަށް ދާ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން އައިނު ފިހާރައިގެ ޚިދުމަތް ލިބެން ފަށާނެ ކަމަށެވެ.
ވޭތުވެދިޔަ ދިގު މުއްދަތުގައި ނާންނަހާ ގިނަ ގުނަ ތަރައްޤީތަކާއި ހެޔޮ ބަދަލުތައް މިހާރުވެސް ވަނީ ގެނެވިފައި ކަމަށާއި، ކިއު ސިސްޓަމާއި، އޯޕީޑީގެ އުޞޫލަށް ގެނެވިފައިވާ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަތަކެއް މިހާރު ލިބެމުން ދާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ޑިޖިޓަލައިޒް ކުރައްވާނީ ޞިއްޙީ ދާއިރާއެވެ. އެހެންކަމުން އެކަން ޙާޞިލްކުރުމަށްޓަކައި ވެސް އެ ހޮސްޕިޓަލުން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.