ބްރޯޑްކާސްޓިން ކޮމިޝަނުގެ މުވައްޒަފުންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާއި ގުޅިގެން މުވައްޒަފުންނަށް ބިރުދެއްކުމުގެ ގޮތުން އަނެއްކާވެސް އިތުރު މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފިއެވެ.
އެ ކޮމިޝަންގެ 17 މުވައްޒަފުން ސޮއިކޮށް ރައްޔިތުންގެ މަޖްލީހުގެ ޕެޓިޝަން ކޮމިޓީ އަށް ކޮމިޝަންގެ މެންބަރުންނާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވަނިކޮށް އޮފިސަރ ލެވެލްގެ އާންމު މަގާމެއްގައި ހުރި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 4 ޖޫން ގައި އެ ކޮމިޝަނުގެ އެޗްއާރު ޕެނަލުން ނިންމާފައިވަނީ ރިސާޗް އެންޑް ޑެވެލޮޕްމަންޓް އޮފިސަރުގެ މަގާމާއި މީގެ ތިން މަސް ކުރިން ގުޅުނު މުވައްޒަފު ދާއިމީ ކުރުމަށެވެ.
ނަމަވެސް މެންބަރުން އެދިގެން, ކޮމިޝަނުގެ އިދާރީ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެހުރި ފަރާތުން އެ އޮފިސަރުގެ ބަޔާނެއް ނަގާ, އޭނާ ވަޒީފާ އިން ވަކި ކުރީ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ހިންގާ ގަވާއިދުގެ 2 ވަނަ ބައިގެ 24 ވަނަ މާއްދާގައި ބުނާ ގޮތުން މުވައްޒަފުން ހޮވުމާއި, ވަޒީފާ ދިނުމާއި އަދި ވަޒީފާއިން ވަކި ކުރުމުގެ އެންމެހާ ކަންތައްތަކާއި މުވައްޒަފުންނާ ބެހޭ އެންމެހާ ނިންމުންތައް އަދި މުވައްޒަފުންގެ މަައްސަލަތައް ބަލަންޖެހޭނީ އެޗްއާރު ޕެނަލުންނެވެ.
3 Replies to “ބްރޯޑްކޮމްގެ މެންބަރުންގެ ނުލަފާކަން ދައްކާލައި މުވައްޒަފުންތައް ބުރުވާލަނީ”
ލަހޫ
ތި ސޮފާ މެން ހީކުރަނީ އޭނާ ވަރު މީހެއް ނެތޭ. މުވައްޒަފުންގެ ހައްގަށް އަރައިގަންނަ ލަދެއް ހަޔާތެއް ނެތް.
ހާރު
ތިޔަ ބުނާ ސޮފާ އަކީ ބަދަލްހިފުމުގެ ރޫޙް ހުރި ކިބުރުވެރި ނޮޑާ މުނާފިގެއް. އޭނާ ހީކުރަނީ އިޙްތިރާމަކީ ގަދަބާރުން ހޯދާ އެއްޗެކޭ. ތިމަންނައަކީ ސާޖިދާގެ ކޮއްކޮއެކޭ ކިޔާ ފުއްޕަނީ މި ނޫން ދުވަހެއް ނާންނާނެއޭ ހިތާ. މަރިޔަމް ވަހީދާ އަށް ސަޕޯޓް ކުރާ ހުރިހާ މުވައްޒަފުންތަށް ބުރުވާލަނީ. ބަލަގަ މަރިޔަމް ވަހީދާއަކީ ކޮލަޓީ ލީޑަރެކޭ. ދެދުވަހު ޚަބަރުކިޔާފަ ކޮމިޝަންގެ މެންބަރަކަށް ވާނަމަ މިހެން ވާނީ.
އިހްސާނާ
ތިމާ މީހާއަށް ހީވާ ކަހަލަ މީހުންނަށް ދެރަ ދީފަ ތިމާ މީޙާއަށް މާ މޮޅި ގޮތެއް ވާނެ ކަމަށް. މިހާރު އެސް ޖީ ކަން ހަވާލު ކޮށްފައި ހުރީ އެމީހުން ބުނާހާ ހުރިހާ ގޮތަކަށް ކަންތައް ކޮށްދޭ ޕަޕެޓެއް. އެ ކޮމިޝަން ތެރޭގައި މުވައްާފުންނާށް ދޭ ހުރިހާ ދެރައެއް ދެމުން ގެންފަނީ އޭނަ އަޑީގައި ހުރެގެން ސިއްރިޔާތުގައި މިހާރު އެސް ޖީ ކަމާއި ހަވާލުވެ ހުރެ މުބައްޒަފުންނާމެދު އޭނަ ބައިވެެރިވެގެން ހުރެ ްެލުރާ ކަންތައްވެސް އޭނަޔާ އަރާ ހަމަ ކުރާނެ މީހަކަށް ދެރަ އެއް ދީފަ ވަކި ތިމާއަށް މޮޅެއް ނުލިބޭނެ