ޞައްޚަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވުމާ ގުޅޭ ގޮތުން ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލައެއްގައި ސުވާލުކުރުމަށް ޒުވާން އަންހެން ކުއްޖަކު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރާ ސައްހަނޫން ޓްރާންސްފަރ ސްލިޕް ފޮނުވި މައްސަލައިގާ މީހަކު ހާޒިރުކުރަން ބޭނުންވާތީ އާއި، އޭނާ އުޅޭ ވަކިތަނެއް ނޭނގޭތީ ޗިޓު ރައްދުކުރެވިފައި ނުވާކަމަށާއި، ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.
ފުލުހުން އަންގާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް އޭނާ ހާޒިރުވުމަށެވެ. އެ އަންހެން ކުއްޖާ އަކީ ހދ. މަކުނުދޫ ލުނބޯގަސްދޮށުގޭ އުމުރުން 22 އަހަރުގެ އާއިޝަތު މަލީހާ އެވެ.