މިލައުތުރު

އިޒްރޭލުން އީރާނަށް ބޮންއަޅައި، ބޮޑެތި ގެއްލުންތަކެއް ދީފި.

ހައްދު ފަހަނަ އެޅި ޔަހޫދީންނާއި ބައެއް އިސްލާމީ ގައުމުތަކާއި އެމެރިކާ ބައިވެރިވެގެން އީރާނަށް ވައިގެ ޙަމަލާތަކެއް ދީ ގިނަ ބަޔަކު ޝަހީދުކޮށްލައިފިއެވެ.

އިޒްރޭލްގެ ވައިގެ ސިފައިން ހުއްޓުމެއް ނެތި ތިން ގަޑިއިރު ވަންދެން ތެހެރާނަށް ޙަމަލާތައް ދީފައި ވެއެވެ. އަދި ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ. ޚަބަރުތައް ލިބޭ ގޮތުގައި އީރާންގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރު ހުސައިން ސަލާމީ އާއި ނިއުކްލިއަ ސައިންޓިސްޓުންގެ  އިތުރުން އާންމުންގެ ވަރަށް ގިނަ ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.

އިޒްރޭލްގެ ވައިގެ ޙަމަލާތައް ދިނުމުގައި ބައެއް އަރަބި ގައުމުތަކުގެ އެހީތެރިކަން ހޯދާފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. އިޒްރޭލުން ދިން ޙަމަލާތަކުގައި އީރާންގެ ބައެއް އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މީޑިޔާތަކުގައި ރިޕޯޓްކުރަމުން އެބަ ގެންދެއެވެ.

ވައިގެ ޙަމަލާތައް ދިނުމުގެ ކުރިން އިޒްރޭލްގައި ވަނީ ސްޓޭޓް އޮފް އެމަޖެންސީ އިޢުލާންކޮށްފައެވެ. އަދި ބޭރަށް ނުނިކުތުމަށާއި، ތަންތަނަށް އެއްވެ ނޫޅުމަށް ވަނީ އަމުރުކޮށްފައެވެ.

އީރާންގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ވިދާޅުވީ، އީރާންގެ އަސްކަރިއްޔާއަކީ އެހާ ފިނޑި ބައެއް ނޫންކަމަށާއި، އެކަށީގެންވާ ގޮތެއްގައި ބަދަލުހިފާނެ ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟