އީރާނުން އިޒްރޭލްގެ އެފް-35 މަރުކާގެ ދެ ފައިޓާ ޖެޓް ވައްޓާލައިފި.

މިލައުތުރު | 14 ޖޫން 2025 | ޚަބަރު

އިޒްރޭލުން އިރާނަށް ބޮންއެޅުމަށް ބޭނުންކުރި އެންމެ ޒަމާނީ ޓެކްނޮލޮޖީ ކަމަށްވާ އެފް-35 މަރުކާގެ ދެ ފައިޓާ ޖެޓް މިހާތަނަށް ވައްޓާލާފައިވާ ކަމަށް ރިޕޯޓް ކޮށްފިއެވެ. އަދި މިއީ ދުނިޔޭގައި މިފަދަ ކުރިމަތިލުމެއްގައި އެފް-35 މަރުކާގެ ފައިޓާ ޖެޓެއް ވައްޓާލި ފުރަތަމަ ފަހަރު ވެސް މެއެވެ.

Advertisement

އިޒްރޭލުން އިސްވެ އީރާނަށް ދިން ވައިގެ ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. އޭގެ ތެރޭގައި އީރާންގެ މައި ނިއުކްލިއަ ވަޞީލަތްތައް ހިމެނެއެވެ. އަދި ސިފައިންގެ އެންމެ އިސް ކޮމާންޑަރުންގެ އިތުރުން ސައިންސްވެރިންތަކެއް ވަނީ ޝަހީދުކޮށްލާފައެވެ. އަދި ޙަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު ވެސް ޝަހީދުވެފައި ވެއެވެ.

އީރާނުން ރައްދު ޙަމަލާތަކެއް ރޭގައި ވަނީ އިޒްރޭލްގެ ވެރިރަށް ތަލްއަވީވަށް ފޮނުވާލާފައެވެ. ސޯޝަލް މީޑިޔާގައި ދައުރުވާ ވީޑިއޯތަކާއި ފޮޓޯތަކުން ބޮޑެތި ގެއްލުންތަކެއް ވެފައިވާތަން ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.