މެލޭޝިއާގައި ކިޔަވާ ބޭރު ދަރިވަރުންގެ އަތުން ޓެކްސް ނަގަން ނިންމައިފިއެވެ. އެގޮތުން މެލޭޝިއާގައި ކިޔަވާ ބޭރު ދަރިވަރުން ކިޔަވާ އަމިއްލަ ސްކޫލްތަކާއި ޔުނިވާސިޓީތަކުން އެގައުމުގެ ސަރުކާރުން ވަނީ ހަ އިންސައްތައިގެ ސާވިސް ޓެކްސްއެއް ނެގުމަށް ނިންމައިފަ އެވެ.
މި ޓެކްސް ނެގުމަށް ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
އެގޮތުން ކޮލެޖު ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 ރިންގިޓް ނަގާ އަމިއްލަ ތައުލީމީ މަރުކަޒުތަކުން އެ ޓެކުހަށް ރަޖިސްޓްރީކުރަން ޖެހެ އެވެ. އަދި މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ބޭރުގެ ދަރިވަރުންނަށް ފުރުސަތު ދޭ ނަމަ، އެ ޓެކުހަށް ރެޖިސްޓާ ކުރަން ޖެހޭނެ އެވެ. ނަމަވެސް އެ ޓެކްސްއިން މެލޭޝިއާގެ ރައްޔިތުން އިސްތިސްނާ ވާނެ އެވެ.
މެލޭޝިއާގެ ފޮރިން މިނިސްޓްރީން ބުނީ މިއީ އެގައުމުގެ މާލީ ހާލަތު ރަނގަޅުކޮށް އާމްދަނީ އިތުރުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ.
މެލޭޝިއާގެ ތަފާތު އެކި ޔުނިވާސިޓީތަކުގައި ގިނަ އަދަދަކަށް ދިވެހިން މައީ ތައުލީމު ހާސިލުކުރަމުންދެ އެވެ.