އަތޮޅު ކައުންސިލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާއި ގުޅިގެން ޖޫން 24 އިން ޖޫން 29 ގެ ނިޔަލަށް ކުރިއަށް ގެންދެވުނު ދަރުސް ޕްރޮގްރާމުގައި ދަރުސް ދެއްވުމަށް ވަޑައިގެންނެވި އައްޝައިޚް ޢާޒިމް ޚާލިދަށް ށ. އަތޮޅުން ލިބިވަޑައިގަތީ ލޯތްބާއި އިޙްތިރާމާއެކު ވަރަށް ވެސް ފުރިހަމަ މެހެމާންދާރީއެކެވެ.
ޝައިޚް ޢާޒިމްގެ ދަރުސް އަޑުއެހުމަށްޓަކައި ރަށްރަށުގެ ކުދިބޮޑު އެންމެން ކަހަލަގޮތަކަށް ޖަމާވެފައި ވެއެވެ. ޢާޒިމް އަކީ ޒުވާނުން ވަރަށް ޝައުޤުވެރި ކޮށްލާފަދަ ގޮތްގޮތަށް ދަރުސްތައް ހުށަހަޅުއްވައިދެއްވުމުގައި މިހާރަކަށް އައިސް ރާއްޖޭގައި ނަން ހިނގާ ޢިލްމުވެރިއެކެވެ.
ށ. އަތޮޅުގައި ހިންގި ދަރުސް ޕްރޮގްރާމަކީ ވަރަށް ވެސް ކާމިޔާބު ވަރަށް ވެސް ޝައުޤުވެރި ޕްރޮގްރާމެއް ކަމުގައި ރަށްރަށުން އެތައް ބަޔަކު މިލައުތުރަށް މެސެޖުކޮށްފައި ވެއެވެ.