މިލައުތުރު

ކުރީ ސަރުކާރުން ގޮއިދޫގައި ބިނާކުރި ”ފެރީ ގިމަތަ“ ކައުންސިލާ ޙަވާލުކޮށްފި.

ށ.ގޮއިދޫގައި ކުރީ ސަރުކާރުން ޤާއިމް ކޮށްފައިވާ ފެރީގައި ދަތުރުކުރާ ދަތުރުވެރިންނަށް ޚާއްސަ ގިމަތަ ރަސްމީކޮށް ގޮއިދޫ ކައުންސިލާ ޙަވާލުކޮށްފިއެވެ.

އެތަނުގެ ތަޅުދަނޑި އެމް.ޓީ.ސީ.ސީގެ ފަރާތުން ކައުންސިލާއި ހަވާލުކުރީ 30 ޖޫންގައި އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއް ގައެވެ.

އަދި އެތަނުގައި ހުރި މަރާމާތުތައް އެމް.ޓީ.ސީ.ސީގެ ފަރާތުން ކޮށް ނިންމުމުން ޓަކް ޝޮޕެއްގެ ޚިދުމަތާއެކު ރަސްމީކޮށް ބޭނުންކުރަން ފެށިގެން ދާނެކަމަށް ކައުންސިލުން ބުނެއެވެ.