މިލައުތުރު

މުޖާހިދުންގެ ކުއްލި ކުރިމަތިލުންތަކެއްގައި އިޒްރޭލް ސިފައިންގެ 31 މީހުން މަރާލައިިފި.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އިޒްރޭލް ސިފައިން ހިންގަމުންގެންދާ ޤަތުލްއާންމުތަކާ ދެކޮޅަށް ޖިހާދުކުރާ މުޖާހިދުންގެ ވަރުގަދަ ކުރިމަތިލުންތަކުގައި ވޭތުވެދިޔަ ހަފުތާގެތެރޭގައި އިޒްރޭލް ސިފައިންގެ 31 މީހުން މަރާލައިފިއެވެ.

ޣައްޒާގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ ފަރާތުން ސުން ރާސްތާގައި ދޭ ޙަމަލާތައް ހުއްޓުވުމަށް ނުކުޅެދިފައިވާ ކަމަށާއި، ލިބޭ ގެއްލުންތައް ބޮޑު ކަމަށާއި، އިއްޔެގައި އެކަނިވެސް ޔަހޫދީ ސިފައިންގެ ދެމީހުން މަރުވެފައިވާކަން ވަނީ ކަށަވަރު ކޮށްދީފައެވެ.

މުޖާހިދުންގެ ފަރާތުން ކުރިމަތިކުރުވާ ވަރުގަދަ ޙަމަލާތަކުގައި ލިބޭ ގެއްލުންތަކުގެ ބަަދަލުހިފުމަށް އެހީދޭ މަރުކަޒުތަކަށް ދާ މީހުންގެ ތެރެއަށް ބަޑިޖަހާ މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.