އެމްޑަބްލިއުއެސްސީ އަށް މިދިޔަ އަހަރު 217 މިލިއަން ރުފިޔާގެ ނަފާ ލިބިއްޖެއެވެ. އޮޑިޓް އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިއީ ކުރީ އަހަރާ އަޅާ ބަލާއިރު 103 މިލިއަން ރުފިޔާގެ އިތުރު ވުމެކެވެ. އަދި އެއީ 90 އިންސައްތައިގެ ނިސްބަތެކެވެ.
ކުންފުންޏަށް މިދިޔަ އަހަރު 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައި ވެއެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލާ އިރު 100 މިލިއަން ރުފިޔާގެ އިތުރު އަދަދެވެ. ކުންފުނީގެ ދަރަނި އަދާކުރުމަށް 62 މިލިއަން ރުފިޔާ މިދިޔަ އަހަރު ހޭދަކޮށްފައިވެއެވެ. އެއީ ކުރީ އަހަރާ އަޅާ ބަލާއިރު 15 އިންސައްތަ އިތުރު ނިސްބަތެކެވެ.
މިދިޔަ އަހަރަކީ ކުންފުނީގެ މުޅި ޙަޔާތުގައި ވެސް ނިސްބަތުން އެންމެ ބޮޑު ނަފާއެއް ލިބުނު ފަހަރު ކަމުގައި މިވަނީ ވެފައެވެ. ބައެއް ފަހަރު އާދަޔާ ބިލްތައް ޚިލާފަށް ބޮޑު ވުމުގެ ޝަކުވާތައް ފެންމަތިވެފައިވީ ނަމަވެސް އިދާރީ މައްސަަލަތަކެއް އުޅޭކަމަށް ބެލެވޭކަށް ނެތެވެ.
One Reply to “ދައުލަތުގެ ފެން ކުންފުންޏަށް ވޭތުވެދިޔަ އަހަރު އަންތަރީސް ވާވަރުގެ ނަފާއެއް ލިބިއްޖެ.”
ދަންޑަހިލު
ރައްޔިތުންގެމާލިއްޔަތު ބަލަހައްޓްން ދައުލަތް ޙަވާލުކުރީމަ ތިޖޫރިކިހިލިޖަހަައިލައިގެން ފިލީމަ ރައްޔިތުން މިތިބެނި އިޙުލާޞްތެރިޔެއްގެ އިންތިޒާރުގަ ތިއީއެފަދަ ގުރޫޕެއް😃👏😃
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި