މިލައުތުރު

އުތުރު ޣައްޒާގައި ނިރުބަވެރި ޔަހޫދީންގެ ފައުޖެއް އެއްކޮށް އަންދާލައި ޖަހަންނަމައަށް ފޮނުވާލައިފި.

އުތުރު ޣައްޒާގައި ޙަމާސްގެ މުޖާހިދުން ދިން ކުއްލި ވަރުގަދަ ޙަމަލާއެއްގައި ނިރުބަވެރި ޔަހޫދީ ފައުޖެއް އެއްކޮށް އަންދާލައިފިއެވެ.

ބައިތު ޙަނޫން ސަރަޙައްދުގައި މުޖާހިދުން ދިން ކުއްލި ޙަމަލާގައި ޔަހުދީންގެ ހަތް ސިފައިން މަރާލާފައި ވެއެވެ. މިއި މިފަހުގެ ތާރީޚެއްގައި މުޖާހިދުންގެ ފަރާތުން ދީފައިވާ އެންމެ ވަރުގަދަ، އެންމެ ގެއްލުން ބޮޑު ޙަމަލާއެވެ.

ޔަހޫދީ ނިރުބަވެރިންގެ ފައުޖަށް މުޖާހިދުން ކުއްލި ޙަމަލާ ދިނުމުގެ ކުރިން އޮތީ ބޮޑު ލޭންޑް މައިން ފީލްޑެއް ހަދާފައެވެ. މުޖާހިދުން ޙަމަލާދިނުމާއެކު  އިންޒާރުގެ ރަނގަބީލު އަޅައި ޙަމާސްގެ މުޖާހިދުން ޖެހި ދަލުގައި ޔަހޫދީ ސިފައިން ޖެހި، އިތުރު ޔަހޫދީ ސިފައިން މީހުން ސަލަމަތްކުރަން ދުއްވައިގަތެވެ. އަދި މައިން ފީލްޑައް ވައްދާ އެތައް ޓޭންކާއެކު 20 މީހުން އަންދާލައި ޖަހަންނަމައަށް ފޮނުވާލިއެވެ.

ޔަހޫދީ ނިރުބަވެރިންގެ ފައުޖު އެއްކޮށް ވަނީ ސުންނާފަތި ކޮށްލާފައެވެ. ހުރިހާ ހަތިޔާރަކާއި ޓޭންކުތަކާ ހަތިޔާރު އެޅި ސިފައިންތައް ވަނީ މަރާލާފައެވެ.