މިލައުތުރު

އއ. މާޅޮހުގައި ނިދާފައި އޮއްވާ ބޮޑެތި އަނިޔާތަކެއް ދިން މީހާ ނިޔާވެއްޖެ.

ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން އއ. މާޅޮހުގައި ރޭ ނިޔާވެފައި ވަނީ އަބްދުއްރަހުމާން އާދަމް ނަމަކަށް ކިޔާ އުމުރުން 65 އަހަރުގެ މީހެކެވެ.

އަބްދުއްރަހުމާނަށް ހަމަލާދީފައި ވަނީ ލަކުޑިބުރިއަކުން ނުވަތަ ދަގަނޑުބުރިއަކުން ބޮލަށް ކަމަށް ބެލެވެއެވެ. އަމިއްލަ ގޭގައި ނިދާފައި އޮއްވައި ޒަޚަމްތަކައެކު ފެނިގެން ރޭ ދަންވަރު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް ރޭ ފަތިހުގެ ވަގުތެއްގައި އޭނާ ވަނީ ނިޔާވެފައެވެ.

އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮތްތަން ފެނުނީ އަދި އެކަން ސިއްހީ މަރުކަޒަކަށް އެންގީ އޭނާގެ އަންހެނުންނެވެ. އަބްދުއްރަހުމާންގެ އަނބިމީހާ އަކީ ކައުންސިލް އިދާރާގެ ކައުންސިލް އެސިސްޓެންޓް ކަމުގެ މަޤާމުގައި އުޅޭ މީހެއް ކަމަށާއި އެ ގޭގައި ދިރިއުޅެނީ ވެސް އެ ދެމަފިރިން އެކަންޏެވެ.

ފުލުހުން ބުނި ގޮތުގައި މައްސަލަ ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 1:50 ގައި ކަމަށެވެ. އަދި މިހާރު ރަށަށް އަރާ ފައިބާ މީހުން ބަލަމުން ގެންދާ ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟