މާލޭ ބޮޑުތަކުރުފާނުމަގުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި އަލްސަން މުޙައްމަދު އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އަށް ލިބިފައިވާ ހަމަ އެކަނި ދަރިފުޅު ކަން ކަށަވަރު ވެއްޖެއެވެ.
އެކްސިޑެންޓުވި ސައިކަލުގައި ތިބީ 16 އަހަރާއި 17 އަހަރުގެ ދެ ކުދިންނެވެ. ޕިކަޕެއްގެ ދަށުގައި ތާށިވުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެއް ކުއްޖަކު ވަނީ ނިޔާވެފައި އެވެ.
ސައިކަލު ދުއްވަން އިން 16 އަހަރުގެ ކުއްޖާ އާއި މަގު ހުރަސްކުރަނިކޮށް ސައިކަލުން ޖެހުނު 40 އަހަރުގެ ފިރިހެން މީހާ ވެސް ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުންނެވެ.
ފުލުހުން ބުނީ މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަދި އެވަގުތު ދަތުރުކުރަމުންދިޔަ ޕިކަޕެއްގެ ދަށަށް މެހި އެކްސިޑެންޓު ވެފައިވާ މައްސަލައެއް ރިޕޯޓު ކުރީ މިރޭ 8:00 ހާއިރު ކަމަށެވެ.