މިލައުތުރު

ރާއްޖޭގެ ފަގީރުންނަށް އިސްލާމިކް ހެލްތް އިންސްއަރެންސް ހަމަޖައްސައިދެނީ

ފަގީރުންގެ ގޮތުގައި ޒަކާތު ހައުސްއިން ބަލަހައްޓަމުންދާ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އިސްލާމިކް ހެލްތް އިންސްއަރެންސް ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

މިކަމަށް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ބީލަން ހުޅުވާލާފައެވެ. އެ މިނިސްޓްރީން ބުނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އިންސްއަރެންސް ހިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ކުންފުނިތަކަށް ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކޮށް، މައުލޫމާތު ސާފުކުރުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މައުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރާ ހުރިހާ ކުންފުނިތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށާ ބީލަމުގައި ބައިވެރިވުމަށް އެދޭ ކުންފުނިތަކުން ރަޖިސްޓްރީ ކުރުމަށް ވަނީ އެދިފަ އެވެ.

ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލުކު ރަމުންދާ މީހުންގެ ބޭސް ފަރުވާއަށް، މި ފެށުނު ހިޖުރީ އައު އަހަރުން ފެށިގެން އިންޝުރެންސް ތައާރަފު ކުރަން ވެސް ވަނީ ނިންމާފަ އެވެ.