ޣައްޒާގައި ހަނގުރާމަ ކުރުމަށް އިޒްރޭލުން ފޮނުވާފައި ތިބޭ ފައުޖުތަކުގެ ސިފައިން އަމިއްލައަށް ދަންޖެހި މަރުވާ މައްސަލަތައް އިތުރުވެފައިވާކަން ހާމަ ވެއްޖެއެވެ.
މިފަދަ ހާދިސާއެއް އިއްޔެ ވެސް ޣައްޒާގެ އިތުރުގައި ހިނގާފައިވާ ކަމަށާއި، މައްސަލަ ތަހުޤީޤު ކުރަމުންދާކަމަށް އައިޑީއެފުން ބުނެއެވެ. ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ކުރިން ވެސް މިފަދަ މައްސަލަތައްް އިޒްރޭލް ސިފައިންނަށް ދިމާވާ ކަމަށާއި، ނަމަވެސް މިހާރަކަށް އައިސް މިފަދަ މައްސަލަތައް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.
މިފަދަ ކަންކަމުގެ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އިޒްރޭލް ސިފައިންނަށް މާ ގިނަދުވަސް ވަންދެން ހަނގުރާމައިގާ ތިބެންޖެހުމާއި، މަޖުބޫރުކޮށްގެން ހަނގުރާމައަށް ފޮނުވުމާއި، ގާތްތިމާގެ މީހުންނާއި އެކުވެރިން މަރުވާ މަންޒަރުތައް ފެންނަލެއް ގިނަވެފައިވާތީ، އެމީހުން ނަފުސާނީގޮތުން ބަލިކަށިވަނީއެވެ. އަދި އެންމެ ފަހުން ތަހައްމަލުނުކުރެވިގެން އަމިއްލައަށް މަރުވަނީ ކަމަށެވެ.