މިލައުތުރު

ށ. މަރޮށި ގިރާތީ ރައްޔިތުން ކަންބޮޑުވެފައި، ހައްލެއް ހޯދުމަށް ކައުންސިލް ނުކުޅެދިފައި.

ށ. އަތޮޅު މަރޮށީގެ ގޮނޑުދޮށް ގިރާތީ އެރަށުގެ ރައްޔިތުން ތިބީ ވަރަށް ކަންބޮޑުވެފައި ކަމަށާއި، ރަށު ކައުންސިލަށް ކުރެވޭނެ ކަމެއް ނެތްކަމަށް ބުނެ އެރަށު މީހަކު ސޯޝަލް މީޑިޔާގައި އެކަން ހިއްސާކޮށްފިއެވެ.

އަޙްމަދު ވަސީމް ނަމަކަށް ކިޔާ މީހާކު އޭނާގެ ފޭސްބުކްގައި ކަންބޮޑުވުން ފާޅުކޮށް ލިޔުއްވާފައިވަނީ ރަށުގެ އުތުރު ފަރާތު ބޮޑު މަގުގެ ގޮނޑުދޮށް އެހެން އަހަރުތަކާއި ޚިލާފަށް ބިރުވެރިކޮށް ގިރަމުންދާތީ ރަށުގެ ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި ކަމަށެވެ. ރަށްގިރުމުގެ މައްސަލައަށް ޙައްލެށް ހޯދުމުގައި ރަށު ކައުންސިލް ނުކުޅެދިފަވާކަމަށް ރަށުގެ ގިނަ ބަޔަކު ދެކޭ ކަމަށެވެ.

އަދި މަޖިލިސް މެންބަރުގެ ދައުރެއް ވެސް ނެތަތީ ސަރުކާރުގެ ތެރެއިން ކުރެވެން ހުރި ބައެއް ކަންކަން ވެސް ސުމެއްގައި ހިފެހެއްޓިފައި ވާތީ ހިތާމަކުރަން ޖެހިފައިވާ ކަމަށެވެ. ތަރައްޤީއަށް ކަމެއް ނުވާތާ ރަށުން ބޮޑު ބައެއް އޮޔާ ދިއުމަކީ ކޮޅާ ކޮޅުނެތް ބޮޑު ހިތާމައެއް ކަމަށެވެ.