މިލައުތުރު

ރައްޔިތުންގެ ޕްރެޝަރު ބޮޑުވެ މިސްރުގެ ރަފާ ބޯޑަރުން އެހީގެ ތަކެތި ވައްދަން ފަށައިފި.

ޣައްޒާ ބަންދުކޮށްފައި އޮންނަތާ އެތަކެއް މަހެއް ވުމުގެ ސަބަބުން ބަނޑަށް މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ، މިސްރުގެ ރައްޔިތުންގެ ފާޑުކިއުންތައް ސަރުކާރަށް އަމާޒުވަމުންދާތީ، ރަފާ ބޯޑަރު ހުޅުވުމަށް ފަހު އެހީގެ ތަކެތި ވެއްދުމުގެ ހުއްދަ ދީފިއެވެ.

ރަފާ ގޭޓް ހުޅުވާލުމާއެކު މިސްރުގެ ރެޑް ކްރެސެންޓްގެ އެހީގެ ޓްރަކްތައް މިހާރު ވަނީ ޣައްޒާއަށް ވަނުމަށް ދަތުރު ފަށާފައެވެ. އެހީގެ ތަކެތި ބަރުކޮށްގެން ކިޔޫގައި އޮތް ޓްރަކްގެ އަދަދު 5000 އަށް ވުރެ ގިނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާރު ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ދަތުރު ފަށާފައިވާ އެހީގެ ޓްރަކްތަކަށް ވެސް ޣައްޒާއަށް ވަދެވޭނީ އިޒްރޭލް ސިފައިން ކެޗްކޮށް ހުއްދަ ދިނުމުންނެވެ.

ބައެއް ވަގުތުތަކުގައި ހަމަލާތައް މެދުކަނޑާލި ނަމަވެސް، އެހީގެ ސާމާނު ހިފައިގެންދާ ހުރިހާ އުޅަނދުތަކަށް ޣައްޒާއަށް އެތެރެވުމުގެ ހުއްދައެއް ނުދެއެވެ. އެއީ ގަސްދުގައި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމަށްޓަކައި ރާވައިގެން ހިންގާ ޖަރީމާއެކެވެ.