ޝާން މުޙައްމަދު

އެމްސީޖީއެޗް އޮޕްޓިކަލްސްގެ ނަމުގައި އައިޖީއެމްއެޗްގައި އައިނު ފިހާރައެއް ހުޅުވުން

އެމްސީޖީއެޗް އޮޕްޓިކަލްސްގެ ނަމުގައި ސަރުކާރުގެ މައި ހޮސްޕިޓަލްގައި އައިޖީއެމްއެޗްގައި އައިނު ފިހާރައެއް ހުޅުވައިފިއެވެ. މިއީ ސަރުކާރުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިގެން އައިނު ހެދުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމުކުރި ފިހާރައެކެވެ.

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ މި އައިނު ފިހާރަ ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މި ފިހާރަ ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ، އެ ފިހާރަ ބައްލަވާލައްވާފަ އެވެ. އަދި އެ ފިހާރައިން ޚިދުމަތް ހޯއްދެވި ފުރަތަމަ ތިން ފަރާތާ، ރައީސް ވަނީ އައިނު ހަވާލުކޮށްދެއްވާފަ އެވެ.

މޭ މަހުގެ 31 ގައި ރައީސް ވަނީ އައިނު ހެދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށްދެއްވައި، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓަވާނޭކަމަށް އިޢުލާންކުރައްވާފަ އެވެ.

ދެ މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ޤާއިމުކުރި، އެމްސީޖީއެޗް އޮޕްޓިކަލްސް އިން، ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާނެ އެވެ.