ދާދި ފަހަކުން ދިވެހި ފުލުހުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ހ. މިލްކްބުޝް، އަހްމަދު އަކްރަމް އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 2021 ވަނަ އަހަރު އުމުރަށް ޖަލަށް ހުކުމްކޮށްފައި ހުރި މީހެކެވެ.
އަކްރަމްގެ މައްޗަށް އެ ހުކުމް އިއްވާފައިވަނީ، ޑައިމޯފިކް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެގެން، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ކަމަށް އޭނާގެ ކްރިމިނަލް ކޯޓުގެ ރެކޯޑްތަކުން ދައްކައެވެ. އަދި މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް ބާތިލު ކުރި ކަމަކަށް ވެސް ނުވެއެވެ. ސުވާލަކީ މި މީހާ މިނިވަންކަމާއެކު އަދިވެސް ޑްރަގު ބޯށާއި، އެއިން ވިޔަފާރިކުރަން މިނިވަންކަމާއެކު ދޫކޮށްލާފައި ހުރީ ކޮން އުޞޫލަކުން ހެއްޔެވެ.
އޭނާ އަނެއްކާ އަލުން ހައްޔަރުކުރުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރަން ވަނީ ކޯޓުން މުއްދަތު ޖަހާފައެވެ. ބުރާސްފަތި ދުވަހު، ހަތް ދުވަހަށް ބަންދު ކުރަން ނެރުނު އަމުރުގައި، އޭނާގެ ރެކޯޑްތައް އޮންނަކަން ފާހަގަކޮށްފައިވެއެވެ. އޭނާ އުމުރަށް ޖަލަށްލާން ހުކުމް ކުރީ 2021 ވަނަ އަހަރު ގާޒީ މުހައްމަދު މިސްބާހުއެވެ.
މިހެން ކަންދިމާވުމަކީ ބޮޑެތި ކުއްތައް ސާބިތުފައިތިބޭ މިފަދަ އިތުރު މީހުން ވެސް މުޖުތަޢުގައި މިނިވަންކަމާއެެކު އުޅެދާނެ ކަމުގެ ދަލީލެއް ކަމުގައި ބައެއް މީހުން ދެކެއެވެ. މިއީ މުޖުތަމަޢަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. މީހުން މެރުމާ، މާރާމާރީ އާއި އޭޕްކުރުން ފަދަ ބޮޑެތި ޖަރީމާތައް ހިންގުމަށް ފަހު އަދި ކުއްސާބިތުވުމަށް ފަހު ވެސް މިނިވަންކަމާއެކު މުޖުތަމަޢުގައި އުޅެދާނެތީ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.