މިލައުތުރު

ކުލި ނުދައްކާތީ ލ. ފޮނަދޫގައި ހުންނަ އެގްރޯނެޓް ރީޖަނަލް އޮފީސް ފުލުހުން މެދުވެރިކޮށް ހުސްކުރަނީ.

ސަރުކާރުގެ ދަނޑުވެރި ކުންފުނި ކަމަށްވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އާއި، ލ. އަތޮޅު އޮފީހާ ދެމެދު ވެފައިވާ އެއްބަސްވުމާ އެ ކުންފުނިން ޚިލާފުވެފައި ވާތީ، އެއްބަސްވުމުގައި ބަޔާންކުރާ 2 މަސްދުވަހުގެ ނޯޓިސް ދީ، އެ މުއްދަތު ވެސް 30 ޖޫންގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލުން ފޮނުވި ސިޓީގައިވާ ގޮތުން ޖުލައި 1 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ ތެރޭގައި ހުސްކުރުމަށް ފަހު ތަން ޙަވާލުކުރަން ޖެހޭނެއެވެ. އަދި މުއްދަތުގެ ތެރޭގައި ޙަވާލު ނުކޮށްފިނަމަ، ފުލުހުން މެދުވެރިކޮށް ތަން ހުސްކުރާނެ ކަމަށް ވެސް ވަނީ އަންގާފައެވެ.

އެގްރޯނެޓުން ލ. ފޮނަދޫގައި ހިންގާ ރީޖަނަލް އޮފީސް ހުންނަނީ އަތޮޅު ކައުންސިލްގެ އިމާރާތެއް ގައެވެ. އެތަނުގައި އެގްރޯނެޓްގެ ގިނަ އަދަދެއްގެ ދާއިމީ މުވައްޒަފުން ތިބެއެވެ. އެތަނުން މިހާރު ބަލަހައްޓަނީ ލ. ގާދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫޢުގެ މަސައްކަތްތައް ކަމަށް ވެއެވެ.

ފޮނަދޫން ވާހަކަދެއްކި މީހަކު ކިޔައިދިން ގޮތުގައި އެގްރޯނެޓުން ލ. ގާދޫއަށް ވަރަށް ބޮޑަށް އިހުމާލުވަމުންދާ ކަމަށާއި، އެތަން ބެލެހެއްޓުމަށް ފޮނުވާފައިތިބި އެގްރޯނެޓްގެ މުވައްޒަފުންނަށް ކައްކާ ކެވޭނެ ގޮތެއް ނެތް ކަމަށާއި، އެންމެ ކުޑަމިނުން ކަރަންޓް ވެސް ނުލިބޭތާ ދެ ހަފުތާ ވެއްޖެ ކަމަށާއި، އެ ރަށުގައި ތިބި މުވައްޒަފުންނަށް ބޭނުންވާ ޒަރޫރީ ކަންކަން ވެސް ނުލިބޭ ކަމަށާއި، ހޫނުވާވަރުން ނިދަނީ ވެސް ގޮނޑުދޮށު އަތިރިމަތީގައި ކަމަށެވެ.

14 Replies to “ކުލި ނުދައްކާތީ ލ. ފޮނަދޫގައި ހުންނަ އެގްރޯނެޓް ރީޖަނަލް އޮފީސް ފުލުހުން މެދުވެރިކޮށް ހުސްކުރަނީ.”

  1. ޖާބިރު

    އެއްވެސް ކަމެއް ނުވާތަނެއް ވަގުތުން ވަގުތަަށް އުވާލާ

  2. އަބްދޯ

    ތިޔަތާ އުޅޭނެ އުމުރުން ދުވަސްވީ ފިނޭ މީހެއް އަމިއްލައަށް ޕްރޮފެސަރަކަށް ހެދިގެން އެކަމަކު ބޮލުރޮއްޖެއް

  3. Katheebu

    Balaa ennu dhen unbah nujahaa uvaalaa

  4. Fake PhD

    Kobaa thiyathaa ulhey fake PhD Nadhiya

  5. Uvaalaa

    UVAALAA VAGUTHUN

  6. ޔޫރަޕު

    ފޭކު ނާދިޔާ އެއް ނޫޅޭނެ. ބޭއްވޭ ވާހަކަ ނުދައްކާ…. ބޮޑު މުސާރަ ލިބޭ އެމްޑީން. އަދީލު

  7. ނަޝާތު

    3 ޑީއެމްޑީން 37000 ރުފިޔާގެ މުސާރަ ނަގައިގެން ގޭގައި ތިބޭ ތަނެއްގައި ކުލި ދައްކާނީ ކިހިނެއް، އުވާލާ!

  8. Agonut

    Evves thajuribaa eh viyafaareege ilmeh neiy chairperson eh laigen thanuge dhuvas dhuvvaalee

  9. ބަކަރި

    ދަނޑުވެރިންގެ ނަމުގައި ލާރިކާތަނެއް. ކަމެއް ނުކޮށް ރައްޔިތުންގެ ފައިސާއިން މުސާރަ ކައިގެން މީހުންނާ ގެޅެން ތިބޭ ބައެއް.

  10. ޝަޒީލް

    އެމްޕީ ޝާޑުގެ ކޮއްކޮއަށް ހެދިގެން ނަފުސު އޮޅުވާލައިގެން އުޅޭ ރޯނުއެދުރެއް ހުންނާނެ. އެނގޭ ކަމެއް ވެސް ނޭނގޭ ކަމެއް ވެސް ނޯންނާނެ.

  11. Sira

    Dhaulathah oiy bodu bura eh thee uvaalanvee avahah

  12. Raees Officer

    Thiya Naffathu kihine viyafaari kunfunyeh ge kankan balahattaanee bolu rojjeh fakkaa

  13. Kazzaabu

    Kazzaabu vanee hurihaa thaneh

  14. Council

    Rah rashun bodethi binthah nagaigen kuli nudhakkaa thaneh

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި