މިލައުތުރު

ސައުދީ އަރަބިޔާގެ ”ސްލީޕިން ޕްރިންސް“ އަވަހާރަވެއްޖެ.

ސްލީޕިން ޕްރިންސްގެ ނަމުން މަޝްހޫރުވެފައިވާ ޕްރިންސް ވަލީދު 20 އަހަރު ދުވަހު ކޯމާގައި އަދި ވެންޓިލޭޓަރުގެ އެހީގައި ހޮސްޕިޓަލުގައި އޮންނެވުމަށް ފަހު 19 ޖުލައި 2025 ގައި އަވަހާރަ ވެއްޖެ އެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 36 އަހަރެވެ.

ޕްރިންސް ވަލީދު ކޯމާއަށް ދިޔައީ އިނގިރޭސި ވިލާތުގެ ލަންޑުގައި މީގެ 20 އަހަރު ކުރިން ހިނގި ކާރު އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކާ ގުޅިގެންނެވެ. އޭރު އުމުރުފުޅަކީ އެންމެ 15 އަހަރެވެ.

ކޯމާގައި ހޭދަވި މުއްދަތުގައި އެންމެ ފަހަރަކު ވެސް ވަލީދު ހޭ އަރައިފައެެއް ނުވެ އެވެ. ޕްރިންސް އަލް ވަލީދަކީ ޕްރިންސް ޚާލިދު ބިން ތަލާލް އަލް ސައުދުގެ ދޮށީ ދަރިކަލުންނެވެ. ދަރިކަލުންގެ އަވަހާރަވިކަން އޭނާ އިއްޔެގައި އިއުލާންކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.