މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ބެހޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން އެ ކުއްޖާގެ އަބުރު ގެއްލުންވި ނަމަވެސް އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ޒިންމާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ވޭޕް މަނާކުރަން ރައީސް ނިންމެވި ނިންމެވުމާއި ރައީސްގެ ދަރިކަލާ ގުޅުވައިގެން މަންދީ ދެއްކި ވާހަކައިގެ މައްސަލާގައި މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒްގެ މައްޗަށް އަބުރުގެ ދައުވާ ކުރެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އެވެ. ޤާނޫނީ ވަކީލަކީ ފުންނައިބު ނިކަން އުސް އާޒިމާ ޝަކޫރެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލެއްގެ އަބުރަށް ގެއްލުންވިކަން ވަނީ ސާބިތުވެފައެވެ. އެހެންކަމުން ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ސާޖިދާއަށް ލިބިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަމަކީ ފައްޔާޒާއި އެމްޑީޕީން ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.
މި މައްސަލައިގާ ނިކުތް ނަތީޖާއަށް ބަލާއިރު، ސާޖިދާއަށް ލިބިވަޑައިގަތީ 1 ޕޮއިންޓެވެ. އަދި މަންދީއަށް ލިބިވަޑައިގަތީ 2 ޕޮއިންޓެވެ. އެހެން ކަމުން މި މެޗް ކާމިޔާބުކުރީ މަންދީ އާއި އެމްޑީޕީންނެވެ.