މިލައުތުރު

ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިނުކުރާންވީ ވަޢުދާ ޚިލާފުވުން އިތުުރު ވަނީ.

އެޗްޑީސީގައި ވަޒީފާ އަދާކުރަމުންދިޔަ އަޙުމަދު ޝާއިން އެމްޑީޕީގެ ޖަލްސާއެއްގައި ޤުރުއާން ކިޔެވުމުން ވަޒީފާއިން ވަކިކުރި މައްސަލައިގާ އޭނާއަަށް އަދުލުވެރި ބަދަލު ދިނުމަށް ހުކުމް ކޮށްފިއެވެ.

ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމްގައިވަނީ، އެމްޑީޕީން މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ހަރުގެ ޖަލްސާގައި ގުރުއާން ކިޔެވި އެޗްޑީސީގެ މުވައްޒަފެއް ކަމަށްވާ ދ. ކުޑަހުވަދޫ، އަޙުމަދު ޝާއިން ވަޒީފާއިން ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށެވެ.

ވަޒީފާއިން މީހަކު ވަކިކުރުމުގައި ގާއިމުކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާތީ، އޭނާ ވަޒީފާއިން ވަކިކުރި ކުރުން ޤާނޫނާ ޚިލާފުކަމަށް ކަނޑައަޅާ ކަމަށެވެ. އެގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބޭ ބާރުގެ ދަށުން، މުސާރައިގެ ގޮތުގައި ލިބެމުންދިޔަ 6،800 ރުފިޔާގެ ނިސްބަތުން ދެ މަހަށް އެކުޖުމްލަ 13،600 ރުފިޔާ އަޙުމަދު ޝާއިނަށް ދިނުމަށް އަންގާ ހުކުމް ކުރީ ކަމަށެވެ.